ކޮމަންޑޫ ބައި އިލެކްޝަނުގައި މާލޭ އިސްކަންދަރު ސްކޫލުގައި ވޯޓު ލުމުގެ ކަންކަން ކުރިޔަށް ދާއިރު، އެ ސްކޫލް ކުރިމަތީގައި ހުންނަ އިމާރާތެއްގައި އެމްޑީޕީ އާއި ޕީޕީއެމުން ޖަގަހަ ހެދުމަށްފަހު ވޯޓު ލުމުގެ އިންތިޒާމްތައް ވަރުގަދަކޮށްފިއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މއ.ސެމީ ޑީލްފެ ފުރަތަމަ ފަންގިފިލާގައި އެމްޑީޕީގެ ޖަގަހައެއް ހިންގަމުންދާތީ، އެ އިމާރާތުގެ ދެވަނަ ފަންގިފިލާގައި ޕީޕީއެމްގެ ޖަގަހައެއް ގާއިމްކޮށްފައިވާ ކަމުގައެވެ.
ކޮމަންޑޫ ދާއިރާގެ ވޯޓުލުން އެ ދާއިރާގެ އިތުރުން އިސްކަންދަރު ސްކޫލުގައި ފޯރިއާއެކު ކުރިޔަށް ދާއިރު، އެމްޑީޕީއިން ވޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށް އިދިކޮޅުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.
އިސްކަންދަރު ސްކޫލް ކުރިމަތީގައި ދެ ޕާޓީގެ ޖަގަހަ ހަދައި، ވޯޓު ލުމުގެ އިންތިޒާމް ވަރުގަދަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ