މިރޭ ހަވާއަރުވާ ވަގުތަށް ބަދަލު ގެނެސްފި

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އައު ރަންވޭ ހުޅުވުމުގެ މުނާސަބަތުގައި މިރޭ ހަވާއެރުވުމަށް ހަމަޖެއްސި ގަޑިއަށް ބަދަލުގެނެސްފިއެވެ.
އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިހާރު ހަވާއެރުވުން ފެށުމަށް ހަމަޖެހިފައިވަނީ ހަވާއެރުވުން ފެށޭނީ މިރޭ 21:40 ހާއިރު ކަމަށެވެ. ކުރިން ހަވާއަރުވާގޮތަށް އޮތީ، 20:30 ގައެވެ.
އައު ޓާމިނަލް ހުޅުވުމުގެ މުނާސަބާ ފާހަގަކުރުމަށް 19 ސަރަހައްދެއްގައި ވަނީ ހަވާ އަރުވަން ނިންމާފައެވެ. މިއީ ރާއްޖޭގައި އެއްވަގުތެއްގައި މިގޮތަށް ހަވާއެރުވުން ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ.
ވީއައިއޭ އައު ތާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ލައިޓް ޝޯއެއްގެ އިތުރުން ޑްރޯން ޝޯއެއްވެސް ފެނިގެންދާނެއެވެ. ޑްރޯންޝޯ ފެށުމަށް ނިންމާފައިވަނީ، 21:20 ގައެވެ. އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ކުލަގަދަ ގޮތެއްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، އެމްއޭސީއެލުން ވަނީ މި ރަސްމިއްޔާތު ވީހާވެސް ގިނަ ރައްޔިތުންނަށް ބަލާލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ބޮޑު ސްކްރީނުން ބެލުމަށްޓަކައި މާލޭ ސަރަޙައްދުގެ އިތުރުން އައްޑޫ ސިޓީގައި ޕްލެޓްފޯމްތަކެއް ތައްޔާރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ