ވެލާނާ އިންޓަނޭޝަލް އެއާޕޯޓުން މިރޭ އެއް ގަޑިއިރަށް ކަރަންޓް ކަނޑާލަން ހަމަޖެހިފައިވާ ކަމަށް އެ ތަން ހިންގާ މޯލްޑިވްސް  އެއާޕޯޓު ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓް (އެމްއޭސީއެލް) އިން ބުނެފި އެވެ. 
ތަފްސީލް - އެމްއޭސީއެލްއިން ކުރި ޓްވީޓެއްގައި ބުނިގޮތުގައި ކަރަންޓް ކަނޑާލާނީ މިރޭ ދަންވަރު 1 އިން 2 އަށެވެ. 
ވީ ކިހިނެއް؟ - އެ ކުންފުނިން ބުނީ، ކަރަންޓް ކަނޑާލަނީ ސްޓެލްކޯއާ ގުޅިގެން "ޕަވާ ސިންކްރޮނައިޒޭޝަން"  ހަރަކާތެއް ހިންގުމަށް ކަމަށެވެ. އެއީ އެއާޕޯޓު ގްރޭޓާ މާލޭ  ކަރަންޓް ވިއުގައާ ގުޅުވާލުމަށް ހިންގާ ހަރަކާތެކެވެ. 
އެނގުން މުހިންމު - ރާއްޖޭގެ މައި އެއާޕޯޓުގެ ފްލައިޓް ޝެޑިއުލްއަށް ބަލާއިރު މިރޭ އެންމެ ފަހުން ފުރާނީ 11:40ގައި  މާލެއިން ފުރައިގެން ދުބާއީއަށް ދާ ފްލައި ދުބާއީގެ ފްލައިޓެވެ. އެއަށް ފަހު އެއާޕޯޓުން އެންމެ އަަވަހަށް ފުރާނީ މާދަމާ ހެނދުނު 6:25ގައި މާލެއިން ފުރައިގެން ފުވައްމުލަކަށް ދާ މޯލްޑިވިއަންގެ ފްލައިޓެވެ.  އަދި މިރޭ ވެލާނާ އެއާޕޯޓަށް ޖައްސާނެ ފަހު ފްލައިޓަކީ 11:50ގައި ފުވައްމުލަކުން މާލެ އަންނަ ފްލައިޓެވެ.  އެއަށް ފަހު އެންމެ އަވަހަށް ޖައްސާނީ ބަހްރެއިންއިން ހެނދުނު 6:05ގައި އަންނަ ފްލައިޓެކެވެ. 
މުޅި އެއާޕޯޓުން ކަރަންޓް ކަނޑާލަން ހަމަޖެހިފައިވާއިރު، އެ ކަމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް އެމްއޭސީއެލްގެ ޓްވީޓްގައި މައާފަށް އެދިފައިވެ އެވެ.
    
    ވެލާނާ އެއާޕޯޓުން އެއް ގަޑިއިރަށް ކަރަންޓް ކަނޑާލަނީ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
            