ޕީޕީއެމް ކެލާ ދާއިރާގެ ރައީސް ގާލިބް ޕާޓީން ވަކިވެއްޖެ

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ކެލާ ދާއިރާ ރައީސް އަދި އެ ޕާޓީގެ ސެނެޓު މެމްބަރު އަހުމަދު ގާލިބް ޕީޕީއެމް އިން ވަކިވާން މިއަދު ނިންމައިފިއެވެ. މިކަން ހާމަކުރަމުން އޭނާ ކުރި ޓްވީޓެއްގައި ވަނީ، މި ވަގުތަކީ ޕާޓީއާ އެކު ކުރިއަށް ދިއުމަށް އެކަށީގެންވާ ހާލަތެއް ނޫންކަމަށާއި ޕާޓީއާއެކު ކުރިއަށް ދިއުމަށް އެކަށީގެންވާ މާހައުލެއް އޭނާއަށް ނެތް ކަމަށެވެ. ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ކެލާ ދާއިރާ ރައީސްކަމަށް މިދިޔަ އަހަރު ގާލިބް ހޮވިފައި ވަނީ ޕީޕީއެމްގެ 239 އާންމު މެމްބަރުންގެ ވޯޓުންނެވެ. https://twitter.com/ahmedghaalib/status/1667477499998257152 ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަލީ އާރިފްގެ ކޮއްކޮ އަދި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ދެބެންގެ ދެދަރި ކޮއްކޮ ގާލިބް ޕީޕީއެމަށް ސޮއި ކުރީ ޖުމްހޫރީ ޕާޓީގައި ހުރުމަށް ފަހުއެވެ. އެފަހުން އޭނާ އަލުން ޕީޕީއެމްއާ ގުޅުނީ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރުމަށް ފަހު އެ ޕާޓީގައި ދުވަސްކޮޅެއް އުޅުމަށް ފަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ