އެމްއެންޔޫ ސްކޫލް އޮފް ނާސިންގެ ޑީންކަމުގެ އާ ދައުރަކަށް އާސިޔާ

ގައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް ނާސިންގެ ޑީން ކަމުގެ އާ ދައުރަކަށް އާސިޔާ އިބްރާހިމް އައްޔަނު ކުރައްވައިފި އެވެ. އާސިޔާ ވަނީ މިދިޔަ ހަތަރު އަހަރު ވެސް ސްކޫލް އޮފް ނާސިންގެ ޑީން ކަމުގެ މަގާމު އަދާކުރައްވައިފަ އެވެ.
ވީ ކިހިނެއް؟ - މިއަދު އެމްއެންޔޫގައި ބެއްވި ރަސްމިއްޔާތެއްގައި އާސިޔާއާ މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފް އެވެ.
ތަފްސީލް - އާސިޔާގެ ޑން ކަމުގެ ފުރަތަމަ ދައުރުގައި އޭނާ ވަނީ ސްކޫލް އޮފް ނާސިން އަށް ގިނަ ކުރިއެރުންތައް ގެނެސްދެއްވައިފަ އެވެ. އެގޮތުން އެ ފެކަލްޓީގެ ދަރިވަރުންގެ އަދަދު އިތުރުކޮށް ލެކްޗަރާ އިންގެ އަދަދު ވެސް ވަނީ އިތުރު ކުރައްވައިފަ އެވެ.
އާސިޔާ މިއަދު ވިދާޅުވީ، ޑީން ކަމުގެ ދެވަނަ ދައުރުގައި ނާސިން ސްކޫލަށް އިތުރު ކުރިއެރުންތައް ގެނެސްދެއްވާނެ ކަމަށެވެ. އެގޮތުން ނާސިންގެ ދާއިރާ އިން ޕީއެޗްޑީ ކޯސްތައް ފަށާނެ ކަމަށް ވިދާޅުވި އެވެ.
އެނގުން މުހިއްމު - އާސިޔާ އެމްއެންޔޫގައި މަސައްކަތް ކުރައްވާތާ 23 އަހަރު ވެފައިވާއިރު އޭނާ ވަނީ އެސިސްޓެންޓް ލެކްޗަރާގެ މަގާމާއި ލެކްޗަރާ ގެ މަގާމު އަދިި ސީނިއާ ލެކްޗަރާގެ މަގާމާއި ޑިޕާޓުމެންޓު ހެޑުކަމުގެ މަގާމު އަދާކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ