އަލްމަރްޙޫމް އަބްދުﷲ ކޮއެގެ ހަނދާނުގައި ނ. ވެލިދޫގެ އިޖުތިމާޢީ ޖަމިއްޔާއެއް ކަމަށްވާ ކްލަބް ސްޓިލް ރެޑުން އިންތިޒާމްކޮށްގެން ބާއްވާ ފުޓްސަލް މުބާރާތް ރޭ ފަށައިފި އެވެ.
މި މުބާރާތުގައި ރޭ ވަނީ ޖުމްލަ ތިން މެޗު ކުޅެފަ އެވެ. ފުރަތަމަ މެޗުގައި އަންގޯޅިއަންސް އާއި ބައޮސް ބައްދަލުކުރި މެޗު 20-0 ން ކާމިޔާބުކުރީ އަންގޯޅިއަންސް އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާ އަކަށް ހޮވިފައިވަނީ އަންގޯޅިއަންސް ޓީމުގެ ޖާޒީ ނަންބަރު 10 އިބްރާހިމް ޒިޔާން އެވެ.
ރޭ ކުޅުނު ދެވަނަ މެޗުގައި ކޭއެންޖީ އާއި ކޭއެންޖީ ބްރޯސް ވާދަކުރި މެޗު ފޯރިގަދަ ކުޅުމަކަށްފަހު 12-6 ން ކާމިޔާބުކުރީ ކޭއެންޖީ އެވެ. ރޭ ކުޅުނު ތިންވަނަ މެޗުގައި ކްލަބް ސަބާގެ މައްޗަށް 15-7 ގެ ނަތީޖާއިން ކުރިހޯދައި ހުސްއަލީ ޓީމުން ވަނީ މުބާރާތުގައި އެޓީމުގެ ފެށުން ރަނގަޅު ކޮށްފަ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއާ އަކަށް ހޮވިފައިވަނީ ހުސްއަލީ ޓީމްގެ ޖާޒީ ނަންބަރު 11 އިބްރާހިމް އަރީޝް އެވެ
މިފަހަރުގެ މުބާރާތުގައި ޖުމްލަ 10 ޓީމް ބައިވެރިވެފައިވާއިރު މުބާރާތް ކުރިއަށްދާނީ މި މަހުގެ 23 ގެ ނިޔަލަށެވެ.
ނިމިގެންދިޔަ އަހަރު ބޭއްވުނު މުބާރާތުގެ ޗެމްޕިއަންކަން ރެސްޓް ބްލޮކް އިން ހޯދިއިރ މި މުބާރާތަކީ ނ. ވެލިދޫގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަން ފާހަގަކޮށްލެވެ އެވެ. މި އަހަރަކީ ކްލަބް ސްޓިލް ރެޑް އިން އިސްނަގައިގެން މި މުބާރާތް ވިދިވިދގެން ބާއްވާ ހަ ވަަނަ ފަހަރެވެ.
އަބްދުﷲ ކޮއެ މެމޯރިއަލް ފުޓްސަލް ކަޕް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ