ވެރިކަން ކުރާ ޕީޕީއެމްގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާއި ގުޅިގެންއިސްތިއުނާފުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރި ވާނީ ކުރީގެ ޕީޖީ އަހުމަދު މުއިއްޒު އާއި ސީނިޔާ ވަކީލުންގެ ޓީމެެއްކަމަށް މައުމޫން ފެކްޝަނުން ބުނެފިއެވެ.
ޕީޕީއެމްގެ ރަސްމީ ޓްވިޓާ އެކައުންޓުން ކޮށްފަައިވާ ޓްވީޓެއްގައިވެސް މިއަދު މިކަން ހާމަކޮށްފައެވެ.
ޕީޕީއެމްގެ ޓްވީޓްގައި ބުނެފައިވަނީ "ސިވިލް ކޯޓުން ޕީޕީއެމްގެ މައްޗަށް ކުރި ހުކުމްގެ އިސްތިއުނާފްގެ މަސައްކަތުގައި އިސްކޮށް ކުރީގެ ޕީޖީ މުއިއްޒު އާ ސީނިޔާ ވަކީލުންގެ ޓީމެއް". މީހެންނެވެ. އެ ސީނިޔާ ވަކީލުންގެ ޓިމްގައި ހިމެނޭ މެމްބަރުންގެ ނަންތަކެއް ހާމަކޮށްފައެއް ނުވެއެވެ.
ސިވިލް ކޯޓުގެ ޙުކުމާއި ގުޅިގެން ރައީސް މައުމޫން ވިދާޅުވެފައި ވަނީ ޙުކުމް އިސްތިއުނާފު ކުރައްވާނެ ކަމަށާއި ހައިކޯޓުން މައްސަލައިގައި ވަކިގޮތެއް ނުނިންމަނީސް އެއްވެސް ބޭފުޅަކު ޙުކުމަށް އަމަލު ނުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. "ކޯޓުގެ ޙުކުމަށް އިހްތިރާމް ކުރަން" ކަމަށް ވިދާޅުވި ނަމަވެސް ރައީސް މައުމޫން ވިދާޅުވީ "ކޯޓުގެ ޙުކުމް ތަންފީޒެއް ނުކުރާނަން" ކަމަށެވެ.
ސިވިލް ކޯޓުން ކުރި ހުކުމްގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ޕީޕީއެމްގެ ހިންގުން އެޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާ ހަވާލުކުރުމަށާއި އެ ހުކުމް އިއްވި ވަގުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ރައީސް ޔާމީންގެ ރިޔާސަތުގައި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށެވެ.
ޕީޕީއެމްގެ މައްޗަށް ކުރި ހުކުމުގެ އިސްތިއުނާފް މަރުހަލާގެ ވަކީލަކަށް ކުރީގެ ޕީޖީ އަހުމަދު މުއިއްޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ