ކްރިމިނަލް ކޯޓުގެ ދެ ގާޒީ އަކު ފެމިލީ ކޯޓަށް ބަދަލުކުރަން ނިންމައިފި

ކްރިމިނަލް ކޯޓުގެ ދެ ގާޒީ އަކު ފެމިލީ ކޯޓަށް ބަދަލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
އެގޮތުން ނިންމާފައިވަނީ ގާޒީ އަހްމަދު ސަމީރު އަބްދުލްއަޒީޒާއި ގާޒީ އަބްދުﷲ ނަޝީދު ފެމިލީ ކޯޓަށް ބަދަލުކުރުމަށެވެ.
މި ދެ ގާޒީން ފެމިލީ ކޯޓަށް ބަދަލުކުރަން ޖޭއެސްސީ އިން ނިންމީ އެކަމަށް އެ ބޭފުޅުން އެދިވަޑައިގަތުމުން ކަމަށް މައުލޫމާތު ލިބެ އެވެ. އަދި މިގޮތަށް ނިންމާފައިވަނީ މިދިޔަ ހޯމަ ދުވަހު ކަމަށް މައުލޫމާތު ލިބެ އެވެ.
ކްރިމިނަލް ކޯޓުގައި މިހާރު ގާޒީންގެ ގޮތުގައި ތިއްބެވީ އެ ކޯޓް ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުލްބާރީ ޔޫސުފާއި ގާޒީ އިބްރާހިމް އަލީ އާއި ގާޒީ ސައީދު އިބްރާހިމާއި ގާޒީ އަހުމަދު ރަޝީދުގެ އިތުރުން ގާޒީ މުހުތާޒް ފަހުމީ އެވެ.
ކްރިމިނަލް ކޯޓުގައި މަސައްކަތް ކުރައްވަމުން ގެންދެވި ދެ ގާޒީ އަކު ފެމިލީ ކޯޓަށް ބަދަލުކޮށްފައި މިވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ ގޮތުގައި ކުރިން ހުންނެވި އަބްދުﷲ ގާޒީ ވެސް ފެމިލީ ކޯޓަށް ބަދަލުކޮށްފައިވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ