އެމްޑީޕީ ނުލާ ސިޔާސީ ތިން ޕާޓީއަކަށް ފައިސާ ދޫކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަން ކޮމިޝަނުން ފައިސާ ދޭން ނިންމާފައި ވަނީ ޕީޕީއެމް، އެމްޑީއޭ އަދި ޖޭޕީ އަށެވެ. މި ތިން ޕާޓީއަށް ފައިސާ ދޭން އިލެކްޝަން ކޮމިޝަނުން ނިންމީ މި ތިން ޕާޓީވެސް އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓް ހުށަހަޅާފައިވާތީއެވެ.
އިލެކްޝަން ކޮމިޝަންގެ މެންބަރު އަކްރަމް ވިދާޅުވީ، ރަޖިސްޓްރީކޮށްފައިވާ ހަ ސިޔާސީ ޕާޓީގެ ތެރެއިން 10000 ހަމަވާ ހަތަރު ޕާޓީގެ ފައިސާ ދޫކުރުމަށް ނިންމި ނަމަވެސް، އެމްޑީޕީއިން އަހަރީ ރިޕޯޓް ހުށަހަޅާފައިވީ ނަމަވެސް އޮޑިޓް ރިޕޯޓް ހުށަހަޅާފައިނުވާ ކަމަށެވެ. އެހެންކަމުން އެ ޕާޓީ ނުލާ އަނެއް ސިޔާސީ ތިން ޕާޓީއަށް ފައިސާ ދިނުމަށް މިއަދު އެ ކޮމިޝަންގެ ބޭއްވި ބައްދަލުވުމެއްގައި ނިންމާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ، ސިޔާސީ ޕާޓީތަކަށް ދިނުމަށް ކަނޑައަޅާފައިވާ ފައިސާ ދިނުމަށް މާދަމާ ފިނޭންސް މިނިސްޓްރީއަށް ފޮނުވާނެ ކަމަށެވެ. އަދި އެމްޑީޕީން އޮޑިޓް ރިޕޯޓް ހުށަހެޅުމުން އެ ޕާޓީއަށްވެސް ފައިސާދޭނެ ކަަމަށް އިލެކްޝަން އިން ބުންޏެވެ.
ތަފްސީލްް އަންނަނީ...
އެމްޑީޕީ ނުލާ ތިން ޕާޓީއަކަށް ފައިސާ ދޫކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ