ސްޓެލްކޯގެ މައި ނެޓްވޯކެއްގެ ކޭބަލަކަށް ދިމާވި މައްސަލައަކާއި ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑެން ފަށައިފިއެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި މައްސަލަ ޖެހުނީ ބޮޑުތަކުރުފާނު މަގު މައްޗަންގޯޅިއާއި މާފަންނޫ ހިމެނޭ ސަރަހައްދު ކޮނުމުގެ ތެރޭގައެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި މައްސަލަ ހައްލުކޮށް ހައެއް ޖަހަންވާ އިރަށް ކަރަންޓު ދެވޭނެއެވެ. ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި މިރޭގެ ލޯޑު ޝެޑް ކުރަން ޖެހިދާނެއެވެ.
ސްޓެލްކޯއިން އެހެން ބުނެފައިވާ އިރު މިހާރު ވެސް މާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓު ކެނޑިފައެވެ.
މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ