ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ

ފުވައްމުލަކު ސިޓީގައި މިރޭ ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް އަނިޔާވެ ފަރުވާދެމުން އެބަ ގެންދެއެވެ.
ފުލުހުންބުނީ ފުވައްމުލަކު މަންހަޖުލް ހުދާ ސްކޫލް ކައިރީ ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 24 އަހަރުގެ އަންހެނަކަށް ކަމުގައެވެ. މި އެކްސިޑެންޓްގެ ރިޕޯޓް ލިބިފައިވަނީ މިރޭ 20:45 އެހާއިރުކަމަށްވެސް ފުލުހުން ބުނެއެވެ.
އަންހެން މީހާއަށް މިހާރު ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާކަމަށް ބުނި ނަމަވެސް އޭނާއަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް ފުލުހުން ނުބުނެއެވެ. އަދި އެކްސިޑެންޓާއި ގުޅޭ އިތުރު ތަފްސީލެއްވެސް ފުލުހުން އަދި ނުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ