ހއ ދިއްދޫ އިންޖީނުގޭގައި ބޭނުންކުރާ އެއް ޖަނަރޭޓަރަށް މަސައްލަ ދިމާވެ ލޯޑް ބޮޑުވާ ގަޑިތަކުގައި ކަރަންޓް ކެނޑިދާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކަ ކޯޕަރޭޝަނުންބުނީ މައްސަލަ ދިމާވެފައިވަނީ ދިއްދޫ އިންޖީނު ގޭގައި ބޭނުންކުރާ 400 ކިލޯ ވޯޓްގެ ޖަނަރޭޓަރު ސެޓަކަށް ކަމުގައެވެ.
އެހެންކަމުން މަތީ ލޯޑްނަގާ އިލެކްޓްރިކް ސާނާމު ވީހާވެސް މަދުން ބޭނުން ކުރުމަށް ފެނަކައިން އެދެއެވެ. ފެނަކައިން ބުނީ ޖަނަރޭޓަރަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން ގެންދާ ކަމުގައެވެ.
ނަމަވެސް އެއްކޮށް މައްސަލަ ހައްލު ކުރުމަށް ހަތަރު ވަރަކަށް ދުވަސް ނަގާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުންވަނީ ބުނެފައެވެ.
ދިއްދޫން ކަރަންޓް ކެނޑިދާނެ: ފެނަކަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ