2018 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް އައީ ބާރަ މެމްބަރުންގެ ފޮޓޯ ވިއްކައިގެންކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބުދުއްލަތީފް މުޙައްމަދު، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް ފާޑު ވިދާޅު ވެއްޖެއެވެ.
ލަތީފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ނަޝީދު ޖަލުން މިނިވަން ކުރީވެސް 12 އެމްޕީގެ މަސައްކަތުން ކަމަށާއި، އަދި އެ 12 އެމްޕީންނަށް ދާއިރާގެ ގޮނޑި ދޭނެކަމަށް ބުނެ، ނަޝީދު ފަހުން ކަންކުރިގޮތްވެސް މިވަގުތު ހަނދާންކޮށްލުން ރަނގަޅުކަމުގައި ލަތީފު ފާހަގަކުރެއްވިއެވެ.
"2018 ގައި އެމް.ޑީ.ޕީ ވެރިކަމަށް އައީ ވެސް 12 އެމް.ޕީންގެ ފޮޓޯ ވިއްކައިގެން. އަދި ނަޝީދު ޖަލުން މިނިވަންކުރީވެސް 12 އެމް.ޕީންގެ މަސައްކަތުން. އެ 12 އެމް.ޕީންނަށް ދާއިރާގެ މަޖިލިސް ގޮނޑި ދޭނެ ކަމަށް ނަޝީދު ވައުދުވެފައި ފަހުން ކަންތައް ކުރި ގޮތްވެސް މިވަގުތު ހަނދާންކޮށްލުން ރަނގަޅު."، ލަތީފުގެ ޓުވީޓުގައި ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަހުކޮޅުގައި ލަތީފް ވަނީ އޭރުގެ އިދިކޮޅު ފަރާތްތަކާއި ގުޅި، އޭރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ނަމަވެސް މިފަހުން އަނެއްކާވެސް ލަތީފް ދަނީ ޕީޕީއެމްގެ ހަރަކާތްތަކުން ފެންނަމުންނެވެ.
2018 ގައި އެމްޑީޕީން ވެރިކަމަށް އައީ 12 މެމްބަރުންގެ ފޮޓޯ ވިއްކައިގެން: ލަތީފު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ