ރާއްޖޭގެ އިސްވެރިންގެ އަގު ވެއްޓޭގޮތަށް ބައެއް ނޫސްތަކުން ލިޔަމުންދާ ލިޔުންތަކަކީ، ޓެރަރިޒަމްއަށް ހިތްވަރުދޭ ލިޔުންތަކެއް ކަމަށާއި، އެފަދަ ލިޔުންތައް ނުލިޔުމަށް ކްރިމިނަލް ކޯޓުން ރާއްޖޭގެ ނޫސްވެރިންނަށް އަންގައިފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބައެއް މީޑިއާތަކުގެ ނޫސްވެރިންދަނީ ދައުލަތުގެ އިސްވެރިންނާއި ހެވާ ލާބަ އެދޭ ގިނަ ބައެއްގެ މަސައްކަތުން ރާއްޖޭގައި ގާއިމްވެފައިވާ އަމާންކަން ނަގާލުމަށް މަސައްކަތް ކުރަމުން ކަމަށާއި ދިވެހިންގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުމަށް މަސައްކަތް ކުރަމުން ކަމަށެވެ.
"ދިވެހި ދައުލަތުގެ އިސްވެރިންނާއި މުއައްސަސާތަކާމެދު ދިވެހި ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެއްދުމަށާއި ދައުލަތުގެ ތިން ބާރުގެ އަގު ވައްޓާލުމަށާއި ދިވެހިންގެ މެދުގައި ބައިބައިވުން އުފެއްދުމަށް ދަނީ ބައެއް ނޫސްވެރިން މަސައްކަތް ކުރަމުން" ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ކްރިމިނަލް ކޯޓުން ބުނެފައިވަނީ ޓެރަރިޒަމްއަށް ހިތްވަރުދޭ ފަދަ ލިޔުންތައް ލިޔަމުންދާ ނޫސްތަކުން ހަމަ މިހާރުން މިހާރަށް އެކަންކުރުން ހުއްޓާލުމަށެވެ.
ޓެރަރިޒަމްއަށް ހިތްވަރުދޭ ލިޔުންތަކެއް ނޫސްވެރިން ލިޔަމުންދާކަމަށް ބުނެ ކްރިމިނަލް ކޯޓުން އިންޒާރު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ