ފެމަލީ ކޯޓުގެ ގާޟީ ހުޒައިފާ މުހައްމަދު އާއި ލ.ގަމު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަބްދުލްފައްތާޙް ޢަބްދުލްޣަފޫރުގެ މައްސަލައެއް ބަލަން ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވިދާޅުވެއްޖެއެވެ.
ޖޭއެސްސީން ވިދާޅުވީ، ޖޭއެސްސީންގެ ގާނޫނުގައިވާ ގޮތަށް މައްސަލަ ބެލުމާއި މެދު ގޮތެއް ނިންމާ ކޮމިޓީއިން ބެލުމަށްފަހު، މިއަދުގެ ކޮމިޝަންގެ ބައްދަލުވުމަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ކޮމިޓީން ހުޒައިފާ އާއި ޢަބްދުލްފައްތާޙްގެ މައްސަލަ ބެލުމަށް ތަޙްޤީޤު ކޮމިޓީ އެކުލަވާލި ކަމަށެވެ.
އެ ދެ ފަނޑިޔާރުންނާއި ގުޅޭގޮތުން ބަލަމުން ދަނީ ކޮން މައްސަލައެއްކަން ހާމަކޮށްފައެއް ނުވެއެވެ.
ޖޭއެސްސީން މީގެ ކުރިންވެސް ހުޒައިފާއާ ގުޅޭ މައްސަލައެއް ބެލިއެވެ. ފަހުން ޖޭއެސްސީން ވިދާޅުވީ، އެ މައްސަލަ ނުބަލަން ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން، މިއަދު ޖޭއެެސްސީން ވަނީ، ސިވިލް ކޯޓުގެ ޤާޟީ ޢަބްދުއްނާޞިރު ޝަފީޤާ ބެހޭގޮތުން ކޮމިޝަނުން 07 އޮކްޓޫބަރ 2010 ގައި
ތަޙްޤީޤުކުރުމަށް ނިންމާފައިވާ މައްސަލަ ސާބިތުނުވާކަމަށް ނިންމާފައެވެ.
ފެމަލީ ކޯޓުގެ ގާޒީ ހުޒައިފާއާ ގުޅޭ މައްސަލައެއް ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ