ކޮވިޑު-19: ސިއްހީ މާހިރުންގެ އިތުބާރު ނެތް ބޭހެއް ސަރުކާރުން ހޯދަނީ!

ކޮވިޑު-19 އަށް ފަރުވާ ކުރުމަށް، ސިއްހީ މާހިރުންގެ އިތުބާރު ނެތް ބޭހެއް ދިވެހި ސަރުކާރުން ހޯދަން ނިންމައިފިއެވެ.މިގޮތުން ޚާރިޖީވަޒީރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވަނީ ހައިޑްރޯކްސީކްލޮރިކުއިން ނަމަކަށް ކިޔާ މިބޭސް ރާއްޖެއަށް ދިނުމަށް އިންޑިއާއިން ނިންމީތީ އިންޑިއާއަށް ޝުކުރު ދަންނަވާފައެވެ. އަދި މިބޭހަކީ ކަންކަން ބަދަލުކޮށްލާނެ ބޭހެއް ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވި ފަދައިން އެ ބޭހަކީ ކަންކަން ބަދަލުކޮށްލާނެ ބޭހެއް ކަމަށް ވިދާޅުވެފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެވެ. އެއްވެސް ސިއްހީ މާހިރަކު އަދި އެފަދައިން ބުނެފައި ނުވެއެވެ. ހައިޑްރޯކްސީކްލޮރިކުއިން އަކީ މެލޭރިއާ އާއި ދެކޮޅަށް ބޭނުން ކުރަމުން އަންނަ ބޭހެކެވެ. މި ބޭހަކީ ކޮވިޑު-19 އާއި ދެކޮޅަށް ބޭނުން ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާދީފައިވާ ބޭސްތަކުގެ ތެރޭގައި ހިމެނޭ ބޭހެއްވެސް ނޫނެވެ.Thank you government of India, for approving Maldives’ request for Hydroxychloroquine, which is being called a game changer in the fight against #Covid19. A friend in need is truly a friend indeed! @narendramodi @DrSJaishankar@MEAIndia— Abdulla Shahid (@abdulla_shahid) April 10, 2020އަދި ބައެއް ފަރާތްތަކުން ކޮވިޑު-19 އިން ރައްކާތެރި ވުމުގެ ގޮތުން މި ބޭސް ބޭނުން ކުރުމުން ވަނީ މަރުވެސްވެފައެވެ. މިބޭހަކީ ކޮވިޑު-19 އާއި ދެކޮޅަށް ބޭނުން ކުރެވިދާނެ ބޭހެއް ކަމަށް އިތުބާރު ހިފޭ އެއްވެސް ދިރާސާއަކުން އަދި މިހާތަނަށް ހޯދިފައިނުވެއެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްވަނީ އެ ބޭހަކީ ކޮވިޑު-19 އާއި ދެކޮޅަށް ބޭނުން ކުރެވިދާނެ ބޭހެއްތޯ ބެލުމަށް ޓެސްޓު ކުރުމަށް އެޤައުމުގެ އިދާރާތަކަށް އަންގާފައެވެ. އެމެރިކާގެ ވައިޓްހައުސްގެ މެޑިކަލް އެޑްވައިޒަރުވެސް ވަނީ އެ ބޭހަކީ ކޮވިޑު-19 އަށް ޝިފާއެއް ނޫން ކަމަށާއި، އެ ބޭހަކީ ކޮވިޑު-19 އަށް ފަރުވާ ލިބިދާނެ ބޭހެއް ކަމަށް ދައްކަން ފަށައިފިނަމަ، އެ ބޭހަށް މިހާރު އޮތް ޑިމާންޑު ބޮޑުވެ، އެ ބޭސް އަސްލު ބޭނުންވާ މީހުން މިސާލަކަށް އާތްރައިޓިސް ފަދަ ބަލިތައް ހުންނަ މީހުންނަށް ބޭސް ލިބުން ދަތިވެދާނެ ކަމަށް ބުނެފައެވެ.ދިވެހި ސަރުކާރުން މި ބޭސް ހޯދުމަށް މަސައްކަތް ކުރަމުން ދަނީ ކީއްވެކަމެއް ސާފެއް ނޫނެވެ. މިހާތަނަށް ސަރުކާރުން ކޮވިޑު-19 އާއި ގުޅިގެން ދެމުންދާ ފަރުވާ ތަކަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދީފައިވާ އިރުޝާދު ތަކުގެ މައްޗަށް ދެމުންދާ ފަރުވާއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ