އެތައް މިލިއަން ރުފިޔާއެއް ދިނަސް ސަރުކާރާ ނުގުޅޭނެ ކަމަށް ވިދާޅުވި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ސަރުކާރުގެ ހަފްލާއެއްގައި ބައިވެރިވެއްޖެއެވެ.
އެގޮތުން 9 ރަށެއްގެ ނަރުދަމާ ނިޒާމުގެ ލޭބާ މަސައްކަތުގެ ކޮންޓްރެކްޓުގައި ސޮއި ކުރުމަށް އެންވާރަމެންޓް މިނިސްޓްރީގެ ފަރާތުން ޝީބިލްޑިންގގައި ބޭއްވި ރަސްމީއްޔާތުގައި ތޯރިގް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ރައިސްމީއްޔާތުގައި ވާހަކަ ދައްކަމުން ތޯރިގް ވިދާޅުވީ އޭނާ ނިސްބަތްވާ ދާއިރާގެ ތަރައްގީއަޓަކައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރާ މަސައްކަތްތަކަށް ވަަރށް ބޮޑަށް ޝުކރު ދަންނަވާ ކަމަށެވެ. އަދި ވިދާޅުވީ އޭނާ ނިސްބަތްވާ ދާއިރާގެ ތަރައްގީއަޓަކައި ކުރިއަށް ގެންދާ މިހާ ބޮޑު މަޝްރޫއެއްގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމީއްޔާތަށް ދައުވަތު ދެއްވިކަމަށްޓަކައި މިނިސްޓަރު ތޯރިގަށް ވެސް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.
ތޯރިގް އަލުން ސަރުކާރާ ގުޅިނީތޯ ނޫސްވެރިން ކުރި ސުވާލަށް ސީދާ ޖަވާބެއް ދެއްވާފައެއް ނުވެއެވެ. ނަމަވެސް ވިދާޅުވީ ރަސްމީއްޔާތަށް ވަޑައިގެންނެވީ ދައުވަތު ދެއްވައިގެން ކަމަށެވެ.
ރަސްމީއްޔާތުގައި ބައިވެރިވި ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ އިސް ބައެއް މެންބަރުން ވިދާޅުވީ ވަަރަށް އަވަހަށް ތޯރިގް ޕީޕީއެމްއާ އަލުން ގުޅިވަޑައިގެންނަވާނެ ކަމަށެވެ. އެގޮތުން ތޯރިގް އަލުން ޕީޕީއެމްއާ ގުޅިވަޑައިގެންނަވާނީ މަހިބަދޫގެ މަގު ހެދުމުގެ މަސައްކަތް ފެށުމަށްޓަކައި މަހިބަދޫގައި ބާއްވާ ހާއްސަ ރަސްމީއްޔާތުގައި ކަމަށެވެ.
ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އަށް ފަޑުވިދާޅުވި މެމްބަރުންގެ ތެރޭގައި މަހިނދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ހިމެނިވަޑައިގެންނަވައެވެ. އެގޮތުން ރައްޔިތުންގެ މަޖިލިސް މިނިވަން މުއސްތަގިއްލު ތަނަކަށް ހަދަން ޖެހިފައިވާ ކަމަށާއި އަދި ރައީސް ޔާމީންގެ ސަރުކާރުން ރަށްރަށުގެ ތަރައްގީއަށްޓަކައި މަސައްކަތްތައް ނުކުރާ ކަމަށް ތޯރިގް ވަނީ ވިދާޅުވެފައެވެ.
މިނިވަން މެމްބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގަތުމަށް ފަހު ސަރުކާރު ހިންގާ ޕީޕީއެމްއާ ގުޅިވަޑައިގެންނެވި ތޯރިގު ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފަޑުވިދޅުވެ ޕީޕީއެމް އިން ވަކިވެވަޑައިގަތުމަށް ފަހު މީޑިއާތަކަށް ފޮނުވި މެސެޖުގައި ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހަކީ މުސްތަގިއްލު މިނިވަން ތަނަކަށް ހެދުމުގެ ގައުމީ މަސައްކަތުގައި ބައިވެރިވަމުން އަންނަ ކަމަށެވެ.
ޕީޕީއެމްގެ ދަފްތަރުން ވަކިވެވަޑައިގެން ރައްޔިތުންނަށް ފޮނުވި މެސެޖުގައި މެންބަރު ތޯރިގް ވިދާޅުވެފައި ވަނީ، 2014 ވަނަ އަހަރު މަހިބަދޫ ދާއިރާއަށް ރައްޔިތުން އޭނާ ހޮވާފައި ވަނީ އަމިއްލަ މެންބަރެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން އެ ދާއިރާގެ ބަސް ބުނުމަށާއި ދާއިރާ ތަރައްގީ ކުރުމަށް އެހީތެރިވުމަށާއި ދިވެހި ގައުމަށް އެންމެ ފައިދާ ބޮޑު ގޮތަކަށް ނިންމުންތައް ނިންމުމަށް މަހިބަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެވުނު ކަން އޭނާ ފާހަގަކުރެއްވި އެވެ.
ޕީޕީއެމުން ވަކިވެވަޑައިގަތުމަށް ފަހު މީޑިއާތަކަށް ފޮނުއްވި މެސެޖުގައި ވިދާޅުފައި ވަނީ ޕީޕީއެމްއާ ގުޅިގެން މަސައްކަތް ފެއްޓެވީ ދާއިރާ ތަަރައްގީ ކުރުމަށް ކަމަށާއި އެގޮތުން ފާއިތުވެދިޔަ ތިން އަހަރުގެ ތެރޭގައި ދާއިރާގެ ތަރައްގީ އަށް ބޮޑެތި މަސައްކަތްތަކެއް ފެށުމުގެ ގޮތުން ކޮންޓްރެކްޓަރުންނާ ހަވާލު ކުރެވި މަސައްކަތްތައް ކުރިއަށްދާނެ ކަމަށް އޭރު އުންމީދުކުރެއްވި ކަމަށެވެ. ނަމަވެސް އެ އުންމީދު ހާސިލްނުވި ކަމަށް އޭރު ވިދާޅުވެފައި ވެއެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޕާޓީ ބަދަލު ކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ނުވަތަ ނުވަތަ ޕާޓީން ވަކިކުުރމުން ގޮނޑިގެއްލޭ ގޮތަށް ސްޕްރީމް ކޯޓަށް ނިންމި ނިންމުމަށް ވެސް ތޯރިގް ވަނީ ފާޑުވިދާޅުވެފައެވެ. އަދި މިލިޔަން ރުފިޔާ ދިން ނަމަވެސް ސަރުކާރާ އަލުން ނުގުޅޭނެ ކަމަށާއި އަނިޔާވެރިކަމާ ދެކޮޅަށް އިދިކޮޅުފަރާތްތަކުން ކުރާ މަސައްކަތުގައި ސާބިތުކަމާ އެކު ހުންނަވާނެ ކަމަށް ތޯރިގް ވަނީ ވިދާޅުވެފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައި މެމްބަރު ތޯރިގް ވަނީ ސޮއި ކުރައްވާފައެވެ.
އިދިކޮޅު ފަރާތްތަކާ އެކު ހުންނެވި ކަމަށް ތޯރިގު އޭރު ވިދާޅުވި ނަމަވެސް އިދިކޮޅު އެއްވެސް ހަރަކާތެއްގެ ތެރެއިން ވެސް އަދި ޕޯޑިއަމަކުން ވެސް ތޯރިގު ފެނިފައެއް ނުވެއެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
މެމްބަރު ތޯރިގް އެނބުރި ސަރުކާރަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ