އިދިކޮޅު ފަރާތްތަކުން 2015 ވަނަ އަހަރުގެ މެއި މަހު އެއް ވަނަ ދުވަހު ކުރި މުޒާހަރާގައި ފުލުހަކަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި ފަސް އަހަރަށް ޖަލަށްލާފައި ހުރި އަބްދުﷲ ރަޝީދު މަރުވީ ސަރުކާރުގެ އިހުމާލުންކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.
ގ. ކީމަ އުމުރުން 51 އަހަރުގެ އަބްދުﷲ ރަޝީދު މުހައްމަދު މަރުވެފައިވަނީ ހާލު ބޮޑުވެގެން އިއްޔެ އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
އާއިލައިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ރަޝީދު މަރުވީ އޭނާގެ އެތެރެ ހަށީގައި އިންފެކްޝަނެއް އުފެދި އެކަމަށް އެކަށީގެންވާ ފަރުވާ ނުލިބި ގިނަ ދުވަސްވުމުން އެތެރެ ހަށީގެ ބައެއް ގުނަވަންތަކަށް އަސަރު ކުރުމުގެ ސަބަބުންނެވެ.
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އަބްދުﷲ ރަޝީދު ޖަލަށް ލާފައިވަނީ ނުހައްޤުން ކަމަށާއި، އަބްދުﷲ ރަޝީދު މަރުވި އިރު އޭނާގެ ސިއްހީ ހާލަތާއި ގުޅޭގޮތުން ސަރުކާރުން އެކަށީގެންވާ ފަރުވާ ދީފައި ނުވާ ކަމުގައެވެ.
އަދި އަބްދުﷲ ރަޝީދު މަރުވީ އޭނާގެ ސިއްހީ މައްސަލައަށް އެކަށީގެންވާ ފަރުވާ ނުދީ ދުވަސްތަކެއް ވުމުން އެކަމުގެ ސަބަބުން ކަމަށްވެސް ހަސަން ލަތީފް ވިދާޅުވިއެވެ.
އަބްދުﷲ ރަޝީދު މަރުވީ ސަރުކާރުގެ އިހުމާލުން: އެމްޑީފީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ