ކަރަންޓުގެ އަގު ތަފާތުވާ މައްސަލަ ބެލުމަށް ސްޓެލްކޯއާއި ފެނަކަ މަޖިލީހަށް ހާޒިރުކުރަނީ

ވެރިރަށް މާލެއާއި އަތޮޅު ތެރޭގައި ދެމުންގެންދާ ކަރަންޓުގެ އަގު ތަފާތުވާ މައްސަލަ ބެލުމަށް ސްޓެލްކޯ އާއި ފެނަކައިގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމައިފިއެވެ.
ކޮމިޓީން މިގޮތަށް ނިންމީ, އެކޮމިޓީއިން އާދީއްތަ ދުވަހުގެ ރޭ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން މެންބަރުންގެ އިއްތިފާގުންނެވެ.
ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގައި ހިމެނިވަޑާއިގަންނަވާ ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުންނާއި އިދިކޮޅު މެންބަރުންވެސް ވަނީ މާލެއާއި އޮތޮޅު ތެރޭގައި ކަރަންޓްގެ އަގުގައި ފަރަގު ބޮޑުކަމަށް އިއްތިފާގުވެފައެވެ.
ކަރަންޓްގެ ޚިދުމަތް މާލެއާ އަތޮޅު ތެރޭގައި ތަފާތުކަމަށް ބުނެ މައްސަލަ ކޮމެޓީއަށް ހުށައަޅާފައިވަނީ އިދިކޮޅު މެންބަރުންނެވެ. ފެނަކަ އަދި ސްޓްލެކޯގެ އިސްވެރިން ހާޒިރުވާ ކޮމެޓީގެ ބައްދަލުވުން ބާއްވަން ހަމަޖެހިފައިވަނީ މިރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ