ސަރުކާރުގެ ޙާލަތު މިހާރު ވަރަށް ދަށަށް ހިނގައްޖެ ކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރ ޕާޓީގެ މައި ޖަގަހަ, މ. ކުނޫޒުގައި ރޭ އޮތް ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ ސަރުކާރުގެ ޙާލަތު ދަށަށް ގޮސް މިހާރު ހިފެހެއްޓޭ ނުހިފެހެއްޓޭ ވަރަށް ކަންކަން ގޮސްފައިވާ ކަމަށެވެ. ފްލެޓް ލިސްޓުގައި ހުރި މައްސަލަތަކަށް އިޝާރާތް ކުރައްވާ މައުމޫން ވިދާޅުވީ މިމައްސަލަތަކުން ދޭހަ ވަނީ ސަރުކާރުން ހިތު ހުރި ގޮތަކަށް ތެޅި ފޮޅިގެން މަސައްކަތް ކުރުމުން ނިކުންނާނޭ ނަތީޖާ ކަމަށެވެ. އަދި މިކަންތައްތައް އިންސާފުވެރިކަމާއި އެކު ކުރިޔަށް ގެންދިޔަ ނަމަ ރައްޔިތުން ބަލައިގަތީސް ކަމަށެވެ.
މައުމޫންގެ ވާހަކަފުޅުގައި މިދިޔަ ހަފްތާ ތެރޭގައި ގިނަ އަދަދެއްގެ ވަކީލުން އެއްފަހަރާ ސަސްޕެންޑް ކުުރުމުން ވަރަށް ބޮޑަށް ޙައިރާންވެވަޑައިގެން ކަމަށް ވަނީ ވިދާލުވެފައެވެ. އަދި އެޕެޓިޝަން ބަލައިގަނެ އެއަށް ތަޢުރީފް ކުރެއްވި ނަމަ ސަރުކާރުގެ ނަން ވަރަށް ބޮޑަށް އުފުލިގެން ދިޔައީސް ކަމަށް ވެސް މައުމޫން ވަނީ ވިދާޅުވެފައެވެ.
ސަރުކާރު ފެއިލްވެ ސަރުކާރުގެ ޙާލަތު ދަށަށްދާ ކަން ފެނުމުން އެއިން ދޭހަ ވަނީ އިދިކޮޅު ޕާޓީތަކުން ކުރަމުން ގެންދާ އިސްލާހުގެ މަސައްކަތް ކާމިޔާބު ވާން ފަށައިފައިވާ ކަން ކަމަށް ވެސް މައުމޫން ވަނީ ވިދާޅުވެފައެވެ.
ސަރުކާރުގެ ޙާލަތު ވަރަށް ދަށަށް ހިނގައްޖެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ