ހަގީގީ މިނިވަން ކަމަކީ އަމިއްލަ އެދުމުން ދުރުވެ، ގައުމު އިސްކުރުން: މައުމޫން

ހަގީގީ މިނިވަންކަމަކީ އަމިއްލަ އެދުމާއި ދަހިވެތި ކަމުން ދުރުވެ، ގައުމު އިސްކުރުން ކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ރާއްޖޭގެ 52 މިނިވަން ދުވަހުގެ މުނާސަބަތުގައި މައުމޫން ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވިއިރު އެ މަނިކުފާނު މިހާރު ގެންދަވަނީ އެއްބަފާ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެންމެ ފަހުން އިދިކޮޅު ފަރާރްތަކުން ބޭއްވި ޖަލްސާގައި މައުމޫން ވަނީ، ރައީސް ޔާމީނަށް ވެރިކަން ހޯއްދަވައި ދެއްވުމަށް މަސައްކަތްޕުޅު ކުރެއްވުނީތީ ދިވެހި ރައްޔިތުންގެ ކިބައިން މާފަށް ވެސް އެދިވަޑައިގެންފަ އެވެ.
ސަރުކާރުން ހިންގަމުންދާ ކަންތައްތަކަށް ފާޑު ވިދާޅުވެ، އިދިކޮޅު ހަރަކާތުގައި މިހާރު އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އެއް ބޭފުޅަކީ ވެސް މައުމޫން އެވެ.
އެ މަނިކުފާނު ވިދާޅުވެފައި ވަނީ ރައީސް ޔާމީން ވެރިކަމަށް ގެންނެވުމަށްޓަކައި ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން "އަޅުގަނޑު ވަރަށް ގިނަ މަސައްކަތްތަކެއް ކުރިން" ކަމަށެވެ.
"...އެކަމުގެ ޒިންމާ، އެކަމުގެ ބަދުނާމު އަޅުގަނޑުގެ ބޮލުގައި އެޅޭނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭތީ ވަރަށް ބޮޑަށް ހިތާމަކުރަން. ވަރަށް ބޮޑަށް ދެރަވަން. ރައްޔިތުންގެ އަރިހުން ވަރަށް ބޮޑަށް މާފަށް ވެސް އެދެން،" ރައީސް ޔާމީނަށް ވެރިކަން ހޯއްދަވައި ދެއްވުމަށް ކުރެއްވި މަސައްކަތްޕުޅާ މެދު ހިތާމަފުޅު ކުރައްވައި ފުރަތަމަ ފަހަރަށް ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގަންނަވަމުން މައުމޫން ވިދާޅުވި އެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ