ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ސެޓްލްކޯއާއި ހަވާލުކުރުމުގެ މަސައްކަތް އަންނަނީ ކުރެވެމުން - ތޮއްޑޫ ކައުންސިލް

(އއ. ތޮއްޑޫ): މި ވަގުތު އއ. ތޮއްޑޫއަށް ދިމާވެފައިވާ އެންމެ ބޮޑު ދަތި ކަމަކީ ކަރަންޓު ކަމަށާއި އެހެން ކަމުން އެކަން ޙައްލު ކުރުމަށް ތޮއްޑޫއަށް ކަރަންޓު ފޯރުކޮށްދިނުމަށް ސެޓްލްކޯއާ ހަވާލު ކުރުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށް ތޮއްޑޫ ކައުންސިލްގެ ރައީސް ޙަސަން އިބުރާހިމް ވިދާޅުވެއްޖެއެވެ.
މިއަދު މެންދުރުފަހު މީޑިޔާއަށް ދެއްވި ޙާއްްސަ ބަސްދީގަތުމެއްގައި ޙަސަން ވިދާޅުވީ މިހާރު ކުރެވެމުން ދަނީ ސެޓްލްކޯއާ ކަރަންޓު ހަވާލުކުރުމުގެ އެންމެ ފަހު މަސައްކަތްތައް ކަމަށެވެ.
"މިހާރު މިރަށުގައި ކަރަންޓު ފޯރުކޮށްދެމުން އަންނަ ޖަމިއްޔާގެ އަތުން އެންޖީނުގެތައް ނަގާ ކައުންސިލުން ދަނީ ސެޓްލްކޯއާ ހަވާލު ކުރުމުގެ މަސައްކަތް ކުރެވެމުން" ހަސަން ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ މިހާރު ކުރިއަށް ދަނީ ޝަރީއަތުގެ އެންމެ ފަހުގެ މަރުހަލާގެ މަސައްކަތް ކަމަށާއި ރޯދަ މަސް ނިމޭތާ ކުޑަ ދުވަސް ކޮޅެއް ތެރޭ ސެޓްލްކޯ އާއި އިންޖީނުގެތައް ހަވާލު ކުރެވޭނެ ކަމަށެވެ.
ތޮއްޑޫއަށް ދުވާލެއްގެ މައްޗަށް އާންމު ގޮތެއްގައި 200 ނުވަތަ 190 ކިލޯ ވޮލްޓޭޖްގެ ކަރަންޓު ބޭނުންވާ ކަމަށް ޙަސަން ވިދާޅުވިއެވެ.
ޙަސަން ވިދާޅުވީ ރަށުގެ އާބާދީއާ އެންމެ އެކަށީގެންވާ ވަރަށް ކައުންސިލަށް ރައްޔިތުންނަށް ކަރަންޓު ފޯރުކޮށްދެވޭ ކަމަށެވެ.
ތޮއްޑޫއަށް މިހާރު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ އެރަށު ކައުންސިލުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ