ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހަކީ، ރާއްޖޭގެ މައިތުލްމާލުން ވަގަށް ނަގާފައިވާ ފައިސާއާއި، ހީލަތްތެރި މަޝްރޫއުތަކުން ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދާނެ ލީޑަރުކަމަށް ކުރީގެ ނާއިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް މިހެން ވިދާޅުވީ ދާދިފަހުން އިބްރާހިމް މުހައްމަދު ސާލިހް އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނާއި ބައްދަލްކުރައްވާ ނަންގަވާފައިވާ ފޮޓޯއަކާއިއެކު މިއަދު ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރެއްގެ ގޮތުގައިވެސް ހުންނެވި ޑރ ޖަމީލް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ފާއިތުވެދިޔަ 5 އަހަރުގެ ތެރޭގައި ރާއްޖޭގެ މުއްސަދިކަން ފޭރި މުދާތައް ލޫޓުވާފައިވަނީ ކުޑަ މިންވަރެއްގެވެސް ލަދުވެތިކަމެއް ނެތިކަމަށެވެ.
ޑރ ޖަމީލް ވިދާޅުވީ އިބްރާހިމް މުހައްމަދު ސާލިހަކީ ރާއްޖޭގެ މައިތުލްމާލުން ވަގަށް ނަގާފައިވާ ފައިސާއާއި، ހީލަތްތެރި މަޝްރޫއުތަކުން ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދާނެ ލީޑަރުއްކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހަށް އިޝާރާތްކުރައްވާ ޑރ ޖަމީލް ވިދާޅުވީ އެމަނިކުފާނު ވެގެންދާނީ ތެދުވެރިކަމާއި، އަމާނާތްތެރި ލީޑަރަކަށްކަމަށެވެ. އެހެންކަމުން ރައްޔިތުން ނިކުމެ ވޯޓްދީ ރާއްޖެއަށް އުފާވެރި ދުވަސްތަކެއް ހޯދުމަށް ގޮވާލައްވާކަމަށް އެމަނިިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ކޮންމެ ވޯޓަކީވެސް މުހިންމު ވޯޓެއްކަމަށާ އެހެންކަމުން ހުރިހާ ރައްޔިތުންވެސް އިންތިޚާބުގައި ނިކުމެ ވޯޓްދިނުމަށް އެދިވަޑައިގަންނަވާކަމަށެވެ.
މީގެ ކުރިންވެސް ޑރ ޖަމީލް ވަނީ މިފަދަ އަނިޔާވެރިކަމެއް ދުވަހަކުވެސް ރާއްޖެ ނުދެކޭކަމަށާ މި އަނިޔާވެރިކަމުން ގައުމު ސަލާމަތްކުރުމަށް ކޮންމެ ރައްޔިތަކު މަސައްކަތްކުރަންޖެހޭކަމަށް ވިދާޅުވެފައެވެ.
ޑރ ޖަމީލް ވިދާޅުވީ އަނިޔާއަށް ނޫނެކޭ ބުނަން ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ ލިބޭ ވަރަށް ބޮޑު ފުރުަސަތެއްކަމަށާ އެ ފުރުސަތުގައި އިއްތިހާދުގެ ކެންޑިޑޭޓުންނަށް ވޯޓްދީ އަނިޔާވެރިކަން ނިމުމަކަށް ގެންނަންޖެހޭކަމަށެވެ. އަދި އިއްތިހާދުގެ ކެންޑިޑޭޓުންނާއިއެކު ގައުމަށް ހެޔޮގޮތްތައް މެދުވެރިވެގެންދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އިބޫއަކީ، ބައިތުލްމާލުން ވަގަށް ނަގާފައިވާ ފައިސާ ހޯދާނެ ލީޑަރު: ޑރ ޖަމީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ