ނިއުކުލިޔާ ބޮން އެޅި ހާދިސާއަށް 65 އަހަރުފުރުން ޖަޕާނުގައި ފާހަގަ ކުރަމުން އެބަދޭ.

ލިޔުނީ: ހުސެއިން ސާލިމް1945 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 6 ވަނަ ދުވަހު އެމެރިކާއިން، ޖަޕާނުގެ ހީރޯޝީމާއަށް ނިއުކުލިއާ ބޮން އެޅި ހާދިސާއަށް 65 އަހަރު ފުރުން އެ ޤައުމުގައި ފާހަގަކުރަމުން އެބަދެއެވެ. އެގޮތުން، އެ ހަމަލާގައި މަރުވެފައިވާ މީހުންގެ ހަނދާނުގައި ބިނާކޮށްފައިވާ ހީރޯޝީމާ ޕީސް މެމޯރިއަލް ކައިރީ މިއަދު ހެނދުނު ވަނީ ވަރަށް ބޮޑު ޚަފްލާއެއް ބާއްވާފައެވެ.ހީރޯޝީމާއަށް ބޮން އެޅި ހާދިސާއަށް 65 އަހަރު ފުރުން ފާހަގުކުރުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ހަފްލާގައި އެތައް ހާސް ބައެއް ވަނީ ބައިވެރިވެފައެވެ. 70 އަށްވުރެއް ގިނަ ޤައުމުތަކުން މި ޙްފަލާގައި ރިޕްރެސެންޓޭޓިވުން ބައިވެރިކޮށްފައިވާއިރު އެންމެ ފާހަގަކޮށްލެވޭ ކަމަކީ ވޮޝިންޓަނުންވެސް އެންބެސެޑަރަކު މި ހަފްލާގައި ބައިވެރިކޮށްފައިވާކަމެވެ. އަދި މިހާތަނަށް އެމެރިކާއިން އެއްވެސް އަހަރަކު މި ހަފްލާގައި ބައިވެރިވެފައެއް ނުވެއެވެ. އެމެރިކާގެ އިތުރުން އ.ދ ގެ ސެކެއްޓްރީ ޖެނެރަލް ބަންކީ މޫންވެސް ވަނީ މި ހަފްލާގައި ބައިވެރިވެވަޑައިގެންފައެވެ.1945 ވަނަ އަހަރު އޮގަސްޓު 6 ވަނަ ދުވަހުގެ ހެންދުނު 8:15 ގައި  އެމެރިކާއިން ވަށްޓާލި 4 ޓަނުގެ ބަރުދަން ހުރި ނިއުކުލިޔާ ބޮމުގެ ސަބަބުން ގާތްގަނޑަކަށް 140 ހާސްމީހުން ވަނީ ހަމަ ވަގުތުން މަރުވެފައެވެ. އަދި އެ ބޮން ވަށްޓާލިތާ 2 މަހާ 4 މަހާ ދެމެދުގެ މުއްދަތެއް ތެރޭ އިތުރު 90-166 ހާހާ ދެމެދުގެ އަދަދަކަށް މީހުން ވަނީ މަރުވެފައެވެ. އެ ނިއުކުލިޔާ ބޮން ވައްޓާލި ހިސާބުންފެށިގެން 1.6 ކިލޯ މީޓަރުގެ ރޭޑިއަސްއެއްގައި ވާ ހުރިހާ އެއްޗެއް ވަނީ ހަމަ ވަގުތުން މަރުވެގެން ގޮސްފައެވެ.ޖަޕާނުގެ މި ހާދިސާއަށް 65 އަހަރު ވެފައިވާއިރު އެމެރިކާއިން އަދިވެސް ޖަޕާނުގެ ކިބައިން މައާފަށް އެދިފައެއް ނުވެއެވެ. އަދި އެމެރިކާފަދަ ބޮޑެތި ޤައުމުތަކުން ނިއުކުލިޔާ ހަތިޔަރާ ދެކޮޅަށް ހަނގުރާމަކުރާކަމަށް ބުނާއިރު އެމެރިކާއާއި، ރަޝިއާގެ އަސްކަރިއްޔާގައި އެކަނިވެސް 22 ހާސް ނިއުލިޔާ ވާހެޑް މިހާރުވެއް އެބަހުއްޓެވެ. އަދި ދުނިޔޭގައި މިހާރު ހުރި، ހުރިހާ ނިއުކުލިޔާ ބޮންތަކެއްގެ ބާރު ޖަޕާނަށް ވަށްޓާލި ނިއުކުލިޔާ ބޮމަށްވުރެއް 150000 ގުނަ ބާރުގަދަވާނެކަމަށް ތަޖުރިބާ ކާރުން ހާމަކުރަށްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ