ޖަޒީރާ ރައީސް ކެމްޕޭން: ގުޑިއެރުވުން މިއަދު ހަވީރު އުސްފަސްގަނޑު ކައިރީގައި

އެމްޑީޕީގެ ޒުވާނުން ގޮފިން އިންތިޒާމް ކޮށްގެން ޒުވާނުންގެ ގުޑި އެރުވުމުގެ ހަރަކާތެއް އަންގާރަ ދުވަހު ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެޕާޓީން ބުނެފިއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު ކެމްޕޭން އޮފީހުން ބުނީ މި ހަރަކާތް ހިންގުމަށް ހަމަޖެހިފައި ވަނީ އަންގާރަ ދުވަހު ހަވީރު 4:30 ގައި ސްވިމިން ޓްރެކާއި އުސްފަސްގަނޑާ ދެމެދުގައި ކަމަށެވެ.
ދެޖިންސްގު ޒުވާނުން ބައިވެރިވާ މިހަރަކާތުގައި "ޖަޒީރާ ރައީސް" ކެމްޕޭން ލޯގޯ ޖަހަފައިވާ ގުޑީތައް އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެމްޑީޕީއަށް އަލަށް ގުޅޭ ޒުވާނުންނަށް ގިނަ ހަރަކަތްތަކެއް އެޕާޓީން ދަނީ ހިންގަމުންނެވެ.
މާލޭގައި ހުންނަ ހޭންގްއައުޓް ކެފޭގައި ހޯމަ ދުވަހުގެ ރޭ ބޭއްވި "ޖަޒީރާ ރައީސް'ގެ ކެމްޕެއިން ހަރަކާތުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވިއިރު، ބައެއް ފަންނާނުންގެ ހުނަރުތައް ވަނީ ދައްކާލަފައެވެ.
އެ ހަރަކާތުގައި ޒުވާނުން ކުރެހި ރައީސް ނަޝީދުގެ ފޮޓޯތައް ސްކައިޕް މެދުވެރިކޮށް އެމަނިކުފާނަށް ދައްކާލާފައިވާއިރު، އެކުރެހުންތަށް ކުރެހި ޒުވާނުން ވަނީ ކުރެހުންތަކުން ދައްކުވައިދޭ ކަންކަން އެމަނިކުފާނާއި ހިއްސާކޮށްފައެވެ. އެ ޒުވާނުންނާ މުހާތަބުކޮށް ރައީސް ނަޝީދު ވެސް ވާހަކަ ދެއްކެވި އެވެ. 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ