ގާސިމް ހިޔަނި ކެބިނެޓުގައި ހިމެނި ކަމާލުއްދީން މަގާމު ބޭނުންނުވާ ކަމަށް ބުނެފި!

މީގެ ކުޑައިރުކޮޅެއް ކުރިން އިއުލާންކުރި ޖުމްހޫރީ ޕާޓީގެ ހިޔަނި ކެބިނެޓްގައި ލޭބަރ މިނިސްޓަރު ކަމަށް ހަމަޖެއްސެވި އޮނަރަބަލް އަބްދުﷲ ކަމާލުއްދީން އެ މަޤާމު ބޭނުންފުޅު ނުވާކަމަށް ވިދާޅުވެއްޖެއެވެ.
ކަމާލުއްދީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުން ލޭބަރ މިނިސްޓަރު ކަމަށް ކަމާލުއްދީން އައްޔަން ކުރުމަށް ނިންމެވީ އެބޭފުޅާ އާއި އެއްވެސް މަޝްވަރާއެއް ކުރެއްވުމެއް ނެތިއެވެ.
“އަޅުގަނޑު މީ އަޅުގަނޑު ކައިރީގައި ނާހާ އަޅުގަނޑާ ހަވާލުކުރާ މަގާމު ނޫނީ ހަވާލު ކުރަން އުޅޭ މަގާމު ގަބޫލު ކުރާ މީހެއް ނޫން” ކަމާލުއްދީން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ޤާސިމް ވަނީ 30 ވަރަކަށް ބޭފުޅުން ވަޒީރު ކަމަށް އައްޔަން ކުރައްވަން އިއުލާން ކޮށްފައެވެ. އަދި މުޅިން އަލަށް އިދާރާތަކެއް ޤާއިމްކުރާނެ ކަމަށް ވެސް ޤާސިމް ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ