"ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލިޝަންގެ ޓިކެޓުގައި ވާދަކުރައްވަނީ ރައީސް ޔާމީން!"

2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޙާބުގައި އިދިކޮޅު ކޯލިޝަންގއ ޓިކެޓުގައި ވާދަކުރައްވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މީގެ ކުޑައިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބުގައި އިދިކޮޅު ކޯލިޝަންގެ ޓިކެޓުގައި ވާދަ ކުރައްވާނެ ބޭފުޅެއް ޕީޕީއެމް/ޕީއެންސީ ޖޮއިންޓް ކައުންސިލުގެ އިއްތިފާގުން ވަނީ ކަނޑައަޅާފައި ކަމަށާއި އެއީ ރައީސް ޔާމީން ކަމަށެވެ.
މީގެއިތުރުން އިދިކޮޅު ލީޑަރަކީ ވެސް ރައީސް ޔާމީންކަން އަދުރޭ ވަނީ ފާހަގަ ކޮށްފައެވެ.
PPM/PNC ge joint Council ge ihthifaagun vanee 2023 ge riyaasee inthikh’aab gai coalition ge ticket gai vaadha kurahvaane candidate kan’da alhaa ninmaafa.E’ee Raees Abdulla Yameen Abdul Gayyoom!adhi idhikolhu leaderakeeves Raees Yameen @sunbrk @DhiyaresNews @avasmv @dhenonline— Abdul Raheem Abdulla (@Banafsaa) July 31, 2020
އަދުރޭ މިހެން ވިދާޅުވެފައި މިވަނީ އިހުލާސްތެރި އިދިކޮޅު ލީޑަރަކީ ކޮންބޭފުޅެއްކަން ސާފުކޮށް، ސަރުކާރާއި އެކު މަޝްވަރާކުރަން އިދިކޮޅު ފަރާތްތަކުން އަންނަން ޖެހޭ ކަމަށް ރައީސް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
މިމަހުގެ 29 ވަނަ ދުވަހުގެ ރޭ އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކާއި އެކު މަޝްވަރާކުރެއްވުމުގެ ފުރުސަތު އޮތްކަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ހާމަކުރެއްވުމުން އެކަމަށް ވަރަށް ބޮޑަށް މަރުޚަބާ ދަންނަވާ ކަމަށާއި އިހުލާސްތެރި އިދިކޮޅު ލީޑަރަކީ ކޮބައިކަން ސާފުވާން ޖެހޭ ކަމަށެވެ. އަދި އެ ލީޑަރުގެ ކެބިނެޓަކީ ކޮބައިކަން ވެސް އެނގެން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރަައީސް ނަޝީދުގެ އެވާހަކަފުޅަށް ރައްދު ދެއްވަމުން ޕީއެންސީ ގެ ނައިބު ރައީސް އިބްރާހިމް ސުޖާއު ވިދާޅުވީ، އިދިކޮޅުން މަޝްވަރާ ކުރަންވީ ކޮން ރައީސަކާ ކަން އޮޅިފައިވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ