ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ކަރަންޓް ކެނޑިއްޖެ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ކަރަންޓް ކެނޑިއްޖެއެވެ.
މުޅި އެއަރޕޯޓުން ކަރަންޓް ކެނޑިފައި އޮންނަތާ 15 ވަރަކަށް މިނެޓް ވެއްޖެ ކަމަށް މައުލޫމާތު ލިބެއެވެ. އެއަރޕޯޓްގެ އިންޓަރނޭޝަނަލް ޓާމިނަލާއި، ޑޮމެސްޓިކް ޓާމިނަލް ސަރަހައްދުގައިވެސް ކަރަންޓެއް ނެތެވެ. އެ ސަރަހައްދުތަކުގައި މިހާރު ހުރީ އިމަޖެންސީ ލައިޓްތަކުގެ އަލިކަން އެކަންޏެވެ.
އެއަރޕޯޓްގައި މިވަގުތު ތިބި ބައެއް އާންމު ފަރާތްތަކުން ބުނެފައިވަނީ، ކަރަންޓް ކެނޑުނު ނަމަވެސް، އެތެރެއާއި ބޭރުގެ އުދުހުންތައް ނުހުއްޓި ކުރިއަށްދާ ކަަމަށެވެ.
އެއަރޕޯޓުން ކަރަންޓް ކެނޑުނީ ކީއްވެގެންކަމެއް އަދި ސާފެއް ނުވެއެވެ. މިކަމާ ގުޅޭގޮތުން އެއަރޕޯޓުގެ ކަމާބެހޭ ފަރާތަކާ އަދިވަނީ ގުޅޭގޮތް ނުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ