މައުމޫން ފައުންޑޭޝަނުން ސްކޮލާޝިޕްތަކެއް ހުޅުވާލައިފި

މައުމޫން ފައުންޑޭޝަނުން 80 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި އެވެ. އެ ފައުންޑޭޝަނުން 80 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލީ 20 ދާއިރާއަކުންނެވެ.
އެ 20 ދާއިރާގެ ތެރޭގައި، ބެޗަލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބެޗަލާ އޮފް ކޮމާސް، ބެޗަލާ އޮފް ކޮމާސް(އޮނާސް) ބެޗަލާ އިން ޓޫރިޒަމް، ހިސްޓްރީ، ޖާނަލިޒަމް، ބެޗްލާ އޮފް ކޮމްޕިއުޓާ އެޕްލިކޭޝަން، ބެޗަލާ އިން ޖާނަލިޒަމް، ބެޗަލާ އިން ޖާނަލިޒަމް(އޮނާސް)، ސައިކޮލޮޖީ، އިންގްލިޝް، ބެޗަލާ އިން ފެޝަން އެންޑް އެޕެރަލް ޑިޒައިން، ބެޗަލާ އިން ބަޔޯޓެކްނޮލޮޖީ، ބަޔޯކެމިސްޓްރީ، ޖެނެޓިކްސް، ބެޗަލާ އޮފް ފިޒިއޮތެރަޕީ، މާސްޓާ އޮފް ޓޫރިޒަމް އެންޑް ޓްރެވަލް މެނޭޖްމަންޓް، އިންގްލިޝް އޮނާސް އެމްއޭ، ޓޫރިޒަމް (އޮނާސް)، މާސްޓާސް އިން އިންގްލިޝް، އެމްއެސްސީ އިންގްލިޝް އަދި ބީއެސްއެސްސީ ހޮޓެލް މެނޭޖްމެންޓް އެންޑް ކޭޓަރިންގް ޓެކްނޮލޮޖީ ހިމެނެ އެވެ.
ފައުންޑޭޝަނުން ހުޅުވާލި މި ސްކޮލަޝިޕްތަކަކީ ޕާޓް-ފަންޑަޑް ސްކޮލަޝިޕްތަކެވެ. ސްކޮލަޝިޕްގެ ދަށުން ކިޔެވުމުގެ ފުރުސަތު ދެނީ އިންޑިއާގެ ބެންގަލޫރުގެ ގާޑަން ސިޓީކޮލެޖުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ