ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ފުލުހުންގެ ބަންދުން ދޫކޮށްލުމުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު އުފާފާޅު ކުރައްވައިފިއެވެ.
ގާސިމް މިނިވަންވުމުން އެކަން ފާހަގަ ކުރައްވާ ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި އުފާ ކުރައްވާ ކަމަށާއި ގާސިމުގެ ކެރުމާއި ހިތްވަރަށް ސާބަސް ދެއްވާ ގާސިމަށް ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ. Extremely relieved and happy that Hon @qasimibrahim has been released. I salute his courage & wish him every success insha Allah.— Maumoon Abdul Gayoom (@maumoonagayoom) May 10, 2017
ރިޝްވަތުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައި ހުންނަވަނިކޮށް ގާސިމް މިއަދު މިނިވަން ކުރީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުންނެވެ. ގާސިމް މިނިވަންކޮށްފައިވަނީ ހަތް ޝަރުތަކާއެކުއެވެ.
ގާސިމަށް ކޮށްފައިވާ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމާއި ފުލުހުންގެ ހުއްދަ ނެތި ރާއްޖެއިން ބޭރަށް ފުރައިގެން ނުދިއުމަށާއި، ފިތުނަ އުފެދޭ ފަދަ ވާހަކައާއި ދައުލަތުގެ ތިންބާރުގެ ވެރިންނާއި މެދު ނަފުރަތު އުފެދޭ ފަދަ ވާހަކަތައް ނުދެއްކުމަށެވެ. އަދި ހެއްކަށް ނުފޫޒު ފޯރުވަން މަސައްކަތް ނުކުރުމަށާއި ފިތުނަ ފަސާދަ އުފެދޭ ގޮތަށް ގޯތި ގެދޮރު ބޭނުން ކުރަން ފުރުސަތު ނުދިނުމާއި ފިތުނަ ފަސާދަ އުފެދޭ މީހުންނައި ބައްދަލު ނުކުރުމަށް ވެސް ޝަރުތުކޮށްފައިވެއެވެ.
ގާސިމް މިނިވަންވުމުން ރައީސް މައުމޫން އުފާފާޅު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ