ރައްޔިތުންގެ މަޖިލީހާއި ޚާއްޞަ މަޖިލީހުގެ މެންބަރުކަން ކުރެއްވި ރާމިޒް އަވަހާރަވެއްޖެ

ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ، އަދި ގއ. އަތޮޅުގެ މެންބަރުކަން ކުރެއްވި މުޙައްމަދު ރާމިޒް ރޭގެ ވަގުތެއްގައި އަވަހާރަވެއްޖެއެވެ.
ގ. ލިފަދޫ މުޙައްމަދު ރާމިޒަކީ ދިގު މުއްދަތަކަށް ދައުލަތަށް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ.
ރާމިޒް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ މަރްޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވާފައެވެ. ރައީސްގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި ރާމިޒަކީ ރައްޔިތުންގެ މަޖިލީހުގެ އިތުރުން ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ.
ރައީސް މުޢިއްޒު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، "މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި މަރްޙޫމް މުޙައްމަދު ރާމިޒް ލަހައްޓަވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި. އާމީން" މިފަދައިންނެވެ.
"މުޙައްމަދު ރާމިޒަކީ މިފަނާވަނިވި ދުނިޔެ އާއި ވަކިވަންދެން ނިކަމެތިންނާއި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ނުހަނު ދީލަތި ކަމާއި އެކު އެހީދެއްވި މަދަދުގާރެކެވެ. އެއީ ވިލިނގިއްޔަށާއި ގއ. އަތޮޅަށް އަގުހުރި ޚިދްމަތް ތަކެއް ކުރެއްވި ޚިދްމަތްތެރިއެކެވެ" ރާމިޒު އަވަހާރަވުމާއި ގުޅިގެން ފޭސްބުކްގައި މީހަކު ކުރި ޕޯސްޓެއްގައި ލިޔެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ