މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.
ޑްރަގް އެންފޯސްމަންޓުން ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ސ. ހުޅުދޫ / ސެލްޓަން، މުހައްމަދު ރަޝީދު (49އ) އެވެ.
ފުލުހުން ބުނީ މި މެއި މަހުގެ 3 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ސިނަމާލެ ފުލެޓް ތެރެއިން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 261.93 ގުރާމެވެ. މި މައްސަލައާ ގުޅިގެން، އޭނާއާ ގުޅުންހުރިކަމަށް ބެލެވޭ ދެ ސައިކަލު ބަލައިފާސްކޮށް އެ ދެ ސައިކަލު ވަނީ ޓޯކޮށްފައެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ޕީއެންއެފްގެ އެއްވުންތަކުގައި ގާނޫނާ ހިލާފު ކަންތައްތައް، ފިޔަވަޅު އަޅާނަން: އީސީ ށ. މިލަންދޫ އެއާޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ ބުދަ ދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ