ޕާޝިއަން ގަލްފުގެ ސަލާމަތީ މަސްރަޙު ރަނގަޅުވަމުންދާ ވަރަކަށް، ހޯރްމުޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުން މަޑުމަޑުން އަމާންވެ، ހަމަޖެހެމުންދާނެ ކަމަށް އީރާނުގެ އިސްލާމިކް ރިވެލޫޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ބުނެފިއެވެ. މިއީ "އިސްތިޢުމާރީ ބާރުތަކުން" ކުރިމަތިކުރި ނުރައްކާތައް ނައްތާލުމަށްފަހު ގެނެވޭ ބަދަލެއް ކަމަށް އެ ޖަމާޢަތުން ފާހަގަކުރެއެވެ.
އައި.އާރު.ޖީ.ސީ ނޭވީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ހޯރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރާއި ޝިޕިންގ ކުންފުނިތަކުން އީރާނުގެ ގަވާއިދުތަކަށް ވަރަށް ބޮޑަށް ބޯލަނބަމުންދާ ކަމަށެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ބުދަ ދުވަހު ބުނެފައިވަނީ، ބާރުގެ ބޭނުންކޮށްގެން ހޯރްމުޒް ކަނޑުއޮޅި ހުޅުވަން ކުރިން ރާވާފައިވާ ރޭވުން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. މިއީ އީރާނުގެ ވަރުގަދަ ދިފާޢީ ބާރުގެ ކުރިމަތީގައި ޓްރަމްޕް ފަހަތަށް ޖެހުނު ފަހަތަށްޖެހުމެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.
ޚަބަރު ލިބޭގޮތުގައި، ހޯރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ޚާއްޞަ ކޮރިޑޯތަކެއް ކަނޑައަޅައި، އާ ނިޒާމެއް އީރާނުން މިހާރު ދަނީ ތަޢާރަފްކުރަމުންނެވެ.
ޢަދުއްވުންގެ ބިރުވެރިކަން ނައްތާލައި ހޯރްމުޒް މަގު އަމާންކުރާނަން: އީރާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ