ޒުވާނުންގެ ތެރެއިން %95 މީހުން އަތުގައި ފޯނު އޮންނަ އިރު، އެ ފޯނު އެއްކޮށް ނިއްވާލަން ޖެހޭ ކަމެއް ނޭނގޭ ކަމަށް ބުނާ މީހުންގެ އަދަދު ކަންބޮޑުވާ ވަރަށް މައްޗެވެ. އެކަމަކު ހަފްތާއަކު އެއްފަހަރު ފޯނު އެއްކޮށް ނިއްވާލުމަކީ ސައިބާ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭނެ އެންމެ ފަސޭހަ ފިޔަވަޅު ކަމުގައި ސެކިއުރިޓީ މާހިރުން ބުނެ އެވެ.
ޖީބުގައި ގެންގުޅޭ ކުދި ކޮމްޕިއުޓަރުތަކުގެ ގޮތުގައި ބެލެވޭ ސްމާޓްފޯނުތައް ރަނގަޅު ހާލަތުގައި ބެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް ގިނަ ބަޔަކު އަންދާޒާ ނުކުރާކަމަށް ޓެކް މާހިރުން ފާހަގަކުރެ އެވެ. ފޯނު ހަލާކުވުމާއި ހެކް ކުރުމުގެ ހަމަލާތަކުން ރައްކާތެރިވުމަށް މުހިންމު އަޕްޑޭޓްތަކާއި މެއިންޓަނަންސް މަސައްކަތްތައް ކުރަން ޖެހެއެވެ.
ފޯނު ނިއްވާލުމުން ހެކް ކުރުމުގެ ހަމަލާތަކުން ސަލާމަތްވެވޭ
ސަލާމަތީ މާހިރުން ބުނާ ގޮތުގައި ފޯނު އެއްކޮށް ނިއްވާލުމަކީ ބައެއް ބާވަތުގެ ހެކިން ހަމަލާތަކުން ރައްކާތެރިވުމަށް އެހީވާ ކަމެކެވެ. މިހާރު އާންމުކޮށް ފޯނުތަކަށް ނުރައްކާތެރި ލިންކުތަކުގެ އިތުރުން ޒީރޯ-ކްލިކް އެކްސްޕްލޮއިޓްސް މެދުވެރިކޮށްވެސް ވަދެވެ އެވެ.
މިފަދަ ހަމަލާތަކުގައި ފުރަތަމަ މިސްޑް ކޯލަކުން ފެށިގެން، ފޯނުގެ ސިސްޓަމަށް ވަދެ، މައުލޫމާތު ހޯދުމަށް މަގުފަހިވާގޮތަށް ފައިލްތައް އިންސްޓޯލްކުރެވެ އެވެ. މިކަން ވަރަށް ސިއްރުން ކުރިޔަށްދާއިރު، ފޯނު އެއްކޮށް ރީބޫޓް ކުރުމުން މިފަދަ ހަމަލާތަކުން ސަލާމަތްވެވެ އެވެ.
ކިހާ އަވަސް އަވަހަކަށް ފޯނު ނިއްވާލަންވީ؟
ސަލާމަތީ މާހިރުން ލަފާދޭ ގޮތުގައި މަދުވެގެން ހަފްތާއަކު އެއްފަހަރު ފޯނު އެއްކޮށް ނިއްވާލަން ޖެހެއެވެ. މިއީ ހަމައެކަނި ސަލާމަތީ ކަންކަމަށް އެކަންޏެއް ނޫނެވެ. ގަވާއިދުން ފޯނު ރީބޫޓް ކުރުމުން ފޯނުގެ އޮޕަރޭޓިން ސިސްޓަމްގެ ހުރިހާ މަސައްކަތެއް އަވަސް ސްޕީޑެއްގައި ކުރިޔަށްދެއެވެ.
ފޯނު ނިއްވާނުލާ ހުރި މުއްދަތު ބެލުމަށް އެންޑްރޮއިޑް ފޯނުތަކުގައި "ޑިވައިސް" އަދި "ސްޓޭޓަސް" އިން ޗެކްކުރެވެ އެވެ.
ހަފްތާއަކު އެއްފަހަރު ފޯނު އެއްކޮށް ނިއްވާލުމަކީ ސައިބާ ހަމަލާތަކުން ރައްކާތެރިވުމަށް އެންމެ ފަސޭހަ ގޮތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ