މުޅި މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކަށް، ރައީސުލްޖުމްހޫރިއްޔާ އަންގައިފިއެވެ.
މި މައްސަލަ ބެއްލެވުމަށް އަންގަވާފައިވާކަން ހާމާކުރެއްވީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި އެފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމް ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.
ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިފައިވާއިރު، ސްޓެލްކޯއިން ވިދާޅުވީ ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
ކަރަންޓު ކެނޑެން ދިމާވި ސަބަބެއް އަދި ނޭނގުނު ނަމަވެސް ސްޓެލްކޯ އިން ބުނީ އިންޖީނިއަރުން އަންނަނީ ދިމާވި މައްސަލަ ބަލަމުން ކަމަށާއި މިކަމަށް ގިނަ ވަގުތު ހޭދަވީ މުޅި ގްރިޑުން ކަރަންޓު ދިއުމުން އެކަން ރަނގަޅަށް ޔަގީންކޮށްފައި ނޫން ގޮތަކަށް ކަރަންޓު ނުދޭން ކަމަށެވެ.
ކަރަންޓު ވިއުގައަކުން ގުޅުވައިފައިވާ، މާލެއާއި ހުޅުމާލޭގެ ދެ ފިޔަވަހިން އެއް ފަހަރާ ކަރަންޓު ކެނޑުނީ މިއަދު 12:35 އެހާކަންހާއިރެވެ. އެއަށްފަހު ހުރިހާ ސަރަހައްދަކަށް ކަރަންޓު ލިބޭވަރުވީ ހަ ގަޑިއިރު ފަހުން، 18:30ހާއިރެވެ.
ކަރަންޓު ކެނޑުނު މައްސަލަ ތަކުރާރުވިޔަނުދޭން ފިޔަވަޅުތައް އަޅާނަން: ފަހުމީ މާލެ ސަރަހައްދުން ކަރަންޓް ކެނޑިފައިވާ މައްސަލަ ފުލުހުން ތަހްގީގުކުރަނީ “ގްރޭޓަރ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް” އުފައްދައިފި ހީނާގެ ބައްޕަ ހަސަން ވަލީދު ނިޔާވެއްޖެ މަގުބޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ