'2 އޮފް އަސް'ގެ ތާރީޚީ ޝޯގެ ޓިކެޓު މިރޭ ގަންނަން ލިބޭނެ!
މި ސަރަހައްދުގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި އެއް މިއުޒިކް މުބާރާތް ކަމަށްވާ އިންޑިއާގެ "ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް"ގެ ދެވަނަ ރަނަރަޕްކަން ހޯދި ދިވެހި ބޭންޑް، '2 އޮފް އަސް'އިން ބާއްވާ ތާރީޚީ މިއުޒިކް ޝޯގެ ޓިކެޓު މިރޭ ވިއްކުމަށް ފަށަން ހަމަޖެހިއްޖެއެވެ. '2 އޮފް އަސް' އިން ބާއްވާ މި ތާރީޚީ މިއުޒިކް ޝޯގެ ޓިކެޓު ވިއްކުމަށް އެ ބޭންޑުން ވަނީ ޚާއްސަ ކައުންޓްޑައުން އެއް ސޯޝަލްމީޑިއާގައި ފަށައިފައެވެ. އެގޮތުން، މިރޭ 00:00 އަށް ފަހު ޝޯއަށް ޓިކެޓު ބުކްކުރެވޭނެއެވެ. ބެލުންތެރިންނަށް ތިން ކެޓަގަރީއެއްގެ ތެރެއިން ޓިކެޓު ބުކްކުރުމުގެ ފުރުސަތު އޮތްއިރު މިއިން ކޮންމެ ކެޓަގަރީއަކުން ފައިސާގެ އިނާމާއި، އިތުރު ޚިދުމަތްތައް ލިބުމުގެ ނަސީބު ލިބޭނެއެވެ. އެގޮތުން، އެ ތިން ކެޓަގަރީއަކީ: ކެޓަގަރީ 1: ޕްލެޓިނަމް މި ކެޓަގަރީގެ ޓިކެޓެއް ލިބޭނީ 5،000 ރުފިޔާއަށް ޕްރައިމް ސީޓިން ސުވެނިއާސް އަދި އެކްސްކްލޫސިވް ގިފްޓްސް ޝޯގައި ބައިވެރިވާ އިންޑިއާގެ ސެލެބްރިޓީސްއާއި ޓޫ އޮފް އަސްއާ ބައްދަލުވުމުގެ ފުރުސަތު އިންޑިއަން ސްނެކްސް އަދި އިންޑިއާގެ ތަފާތު ބުއިންތައް ކޮންސާޓަށް ފަހު އޮންނަ އިންޑިއަން ޑިނާގައި ބައިވެރިވުން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 10،000 ރުފިޔާގެ ކޭޝް އަދި އިތުރު ހަދިޔާތައް ކެޓަގަރީ 2: ގޯލްޑް މި ކެޓަގަރީގެ ޓިކެޓެއް ލިބޭނީ 3،000 ރުފިޔާއަށް އެކްސަލެންޓް ސީޓިން ސުވެނިއާސް އަދި ގިފްޓްސް އިންޑިއަން ސްނެކްސް އަދި އިންޑިއާގެ ތަފާތު ބުއިންތައް ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 5،000 ރުފިޔާގެ ކޭޝް އަދި އިތުރު ހަދިޔާތައް ކެޓަގަރީ 3: ބްރޮންޒް ސުވެނިއާސް އަދި ގިފްޓްސް ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 2،000 ރުފިޔާގެ ކޭޝް އަދި އިތުރު ހަދިޔާތައް މިއީ ހަމައެކަނި މިއުޒިކް ޝޯއެއް ނޫނެވެ. މިއުޒިކްގެ އިތުރުން އިންޑިއާ އަދި ރާއްޖޭގެ ސަގާފަތް ވެސް ތަޖުރިބާ ކޮށްލުމަށް ލިބޭ އުފާވެރި އަދި ޚާއްސަ ފުރުސަތެކެވެ. ޓޫ އޮފް އަސްގެ މިއުޒިކް ޝޯ މި މަހުގެ 23ގައި އޮލިމްޕަހުގައި ބާއްވަން ހަމަޖެހިފައިވާއިރު، އެ ޝޯ ދެ ގޮތަކުން ވަރަށް ބޮޑަށް ފާހަގަކޮށްލެވެ. އެގޮތުން، އެއީ މިހާތަނަށް ދިވެހި ބޭންޑަކުން ބާއްވާ އެންމެ އަގު ބޮޑު ޝޯއަށް ވާނެއެވެ. އަދި އެ ޝޯ ފަށާނީ ބޭރުގެ ފަންނާނުން ކަމަށްވާއިރު، މިއީ ބޭރުގެ ފަންނާނުން، މިއުޒިކް ޝޯއެއްގައި ދިވެހި ބޭންޑުތައް ތައާރަފުކޮށްދޭ ފުރަތަމަ ފަހަރަށް ވާނެއެވެ. މި ޝޯ ކުރިއަށްގެންދަން ނިންމާފައިވަނީ 23 ވަނަ ދުވަހުގެރޭ 8:00އިން ފެށިގެން 12:00އާ ހަމައަށެވެ. ޓޫ އޮފް އަސްގެ ޝޯގައި ބައިވެރިވާ ބޭރުގެ ފަންނާނުންގެ ތެރޭގައި: 'ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް 2025'ގެ ހޯސްޓު ކެޓަން ސިންގް، މި ޝޯގައި ވެސް ހޯސްޓެއްގެ ގޮތުގައި ފެންނާނެ 'ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް 2025'ގެ ދެ ފަނޑިޔާރުން އަދި ބޮލީވުޑްގެ ދެ ލަވަކިޔުންތެރިން ކަމަށްވާ ޝްރައްދާ ޕަންޑިތުއާއި ރާޖާ ހަސަން ބޮލީވުޑްގެ ފިލްމުތަކަށް ލަވަކިޔައިދީފައިވާ ޝުރުތީ ޕަތަކް އިންޑިއާގެ ފިއުޝަން ބޭންޑެއް ކަމަށްވާ 'ޝިވޮހަމް' އެ ޝޯގެ ސްޓޭޖް މަތިން ފެންނާނެ ދިވެހި ފަންނާނުންގެ ތެރޭގައި ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ 'ބޮކިޓޮޒް' އަދި މަޝްހޫރު ބޮޑުބެރު ގްރޫޕް (ހަރުބީ)ގެ ލަވަކިޔުންތެރިޔާ އިބްރާހިމް މަމްދޫހު (މަންޑޭ) ހިމެނެއެވެ. https://sun.mv/206065 ޓޫ އޮފް އަސްގެ މި ތާރީޚީ ޝޯގެ މީޑިއާ ޕާޓްނަރަކީ އެސްއެސް މީޑިއާއެވެ. ޖުމްލަ ފަސް މެންބަރުން ހިމެނޭ "ޓޫ އޮފް އަސް"އަކީ އަމިއްލަވަންތަ ގޮތްތަކެއް އެކުލެވޭ ގޮތަށް، ދިވެހިވަންތަ ހުށަހެޅުންތަކެއް ބޭރު ދުނިޔޭގެ ސްޓޭޖެއްގައި ދައްކައިދިން ބޭންޑެކެވެ. 'ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް 2025'އިން 'ޓޫ އޮފް އަސް'އަށް ދެވަނަ ރަނަރަޕްގެ ޝަރަފު ލިބުނުއިރު، އެ ކާމިޔާބީ އަކީ ދިވެހިރާއްޖޭގެ ލައިވް މިއުޒިކްގެ ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ