މޯލްޑިވިއަން އިން ފުނަދޫ އެއަރޕޯޓަށް ކުރާ ދަތުރުތައް މެދުކަނޑާލައިފި

ޤައުމީ އެއަރލައިން މޯލްޑިވިއަން އިން ފުނަދޫ އެއަރޕޯޓަށް ކުރާ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ފުނަދޫ އެއަރޕޯޓުގެ ފަޔަރ ލޮރީއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ.
މޯލްޑިވިއަން އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލައިގެ ސަބަބުން މިއަދަށް ހަމަޖެހިފައިވާ ޝެޑިއުލް ދަތުރުތައް ކުރިއަށް ގެންދިއުމަށް ވަނީ ދަތިތަކެއް ކުރިމަތިވެފައި ކަމަށެވެ. އެހެންކަމުން، މިއަދުގެ ދަތުރުތައް ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ.
މި ހާދިސާއާ ގުޅިގެން މިއަދަށް ޓިކެޓް ނަގާފައިވާ ފަރާތްތަކަށް އިތުރު ގޮތްތަކެއް ހޯދައިދިނުމަށް މޯލްޑިވިއަން އިން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މި ކަމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދި، އިތުރު އެހީތެރިކަމެއް ބޭނުންވާ ފަރާތްތަކުަރާތްތަކުން 1671 އަށް ގުޅުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.
މި މައްސަލަ ޙައްލުކުރުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭ އިތުރު މަޢުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ. އަދި ދަތުރުވެރިންގެ ރައްކާތެރިކަމަށް އިސްކަންދޭ ކަމަށާއި، ވީހާވެސް އަވަހަކަށް ޚިދުމަތް އަލުން ފެށުމަށް މަސައްކަތްކުރާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ޔަޤީންކަން ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ