‏"އެލްޑެން ރިންގް" 3 އަހަރު ތެރޭ 30 މިލިއަން ކޮޕީ ވިއްކާލައިފި‏ ‏"އެލްޑެން ރިންގް" 3 އަހަރު ތެރޭ 30 މިލިއަން ކޮޕީ ވިއްކާލައިފި‏

‏އޮންލައިން ގޭމް އެލްޑެން ރިންގް 3 އަހަރު ތެރޭ 30 މިލިއަން ކޮޕީ ވިކިފައިވާ ކަމަށް އެގޭމް އުފެއްދި ކުންފުނި ޖަޕާނުގެ "ފްރޮމްސޮފްޓްވެއާ" އިން ‏‏ހާމަކޮށްފި އެވެ. ‏
‏އެލްޑެން ރިންގްގެ ޑިވެލޮޕަ ކުންފުނި ފްރޮމްސޮފްޓްވެއަރއިން ހޯމަ ދުވަހު ހާމަކުރި ގޮތުގައި، 2022 ވަނަ އަހަރު ‏‏ނެރުނު އެކްޝަން-އާރްޕީޖީ ގޭމް "އެލްޑެން ރިންގް" ނެރުނުތާ 3 އަހަރު ފަހުން މި ކާމިޔާބީ ހާސިލުކުރުމުން، މި ‏‏ގޭމް އަދިވެސް ކާމިޔާބުކަމާއެކު ކުރިއަށްދާކަން ހާމަވެ އެވެ. ‏
‏އެލްޑެން ރިންގްއަކީ ޖަޕާނުގެ އޮންލައިން ގޭމް ސްޓޫޑިއޯއިން އެންމެ ގިނައިން ވިއްކުނު ގޭމެވެ. މިހާރު މި ކުންފުނިން ދަނީ ‏‏"އެލްޑެން ރިންގް ނައިޓްރެއިން" ނަމަކަށް ކިޔާ ސްޕިންއޮފް ޓައިޓަލެއްގެ މަސައްކަތް ކުރަމުންނެވެ‏‎.‎
‏ފްރޮމްސޮފްޓްވެއަރއިން ހޯމަ ދުވަހު އެކްސްގައި ޕޯސްޓެއް ކުރުމަށްފަހު، އެލްޑެން ރިންގް 30 މިލިއަން ޔުނިޓް ‏‏ވިއްކިފައިވާކަން ކަށަވަރުކޮށްދީފައިވެއެވެ.

‏2022‏‎ ‎‏ވަނަ އަހަރުގެ ފެބްރުއަރީ މަހު ނެރުނު މި ގޭމް، 3 އަހަރާއި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 30 މިލިއަން ކޮޕީ ‏‏ވިއްކާލައިފައިވާއިރު، މީގެ ތެރެއިން 5 މިލިއަން ޔުނިޓް ވިއްކިފައިވަނީ ފާއިތުވި 10 މަސްދުވަހުގެ ތެރޭގައި ކަމަށް ‏‏އެކުންފުނީން ބުނެ އެވެ. 2024 ވަނަ އަހަރުގެ ޖޫން މަހު، މި ގޭމްގެ ފުރަތަމަ އަދި ހަމައެކަނި ނެރުނު ‏‏އެކްސްޕޭންޝަން "ޝެޑޯ އޮފް ދަ އަރޑްޓްރީ" ނެރުމުގެ ކުރިން، އެލްޑެން ރިންގް ވިއްކިފައިވަނީ 25 މިލިއަން ‏‏ޔުނިޓެވެ‏‎.‎
‏އެލްޑެން ރިންގްގެ އެކްސްޕޭންޝަން "ޝެޑޯ އޮފް ދަ އަރޑްޓްރީ" އަކީ އާ ސްޓޯރީ ކޮންޓެންޓްއާއި، އާ މެޕް ‏‏އޭރިއާއަކާއި، އާ ދުޝްމިނުންނާއި ބޮސް ފައިޓްތަކާއި އަދި އިތުރު ގިނަ ކަންތައްތަކެއް ހިމެނޭ އެކްސްޕޭންޝަނެކެވެ. ‏‏މި އެކްސްޕޭންޝަން ނެރުނު އިރު ވަރަށް ބޮޑު ތައުރީފެއް ލިބި، މެޓަކްރިޓިކްގައި އެންމެ މަތީ ރޭޓިންގް ލިބުނު ‏‏އެކްސްޕޭންޝަނަށް ވެފައިވެ އެވެ. މީގެ އިތުރުން، ޝެޑޯ އޮފް ދަ އަރޑްޓްރީ ވަނީ ދަ ގޭމް އެވޯޑްސް 2024 ގައި ގޭމް ‏‏އޮފް ދަ އިޔަރގެ މައި އިނާމަށް ނޮމިނޭޓްވެފަ އެވެ. ނަމަވެސް މި އިނާމު ކާމިޔާބުކޮށްފައިވަނީ އެސްޓްރޯ ‏‏ބޮޓްއިންނެވެ. ‏
‏އެލްޑެން ރިންގްއަކީ ފްރޮމްސޮފްޓްވެއަރއަށް އެންމެ ފައިދާ ބޮޑު ފްރެންޗައިޒްއެވެ. 2016 ގައި ނެރުނު ޑާކް ސޯލްސް ‏‏3 އާއި 2019 ގައި ނެރުނު ސެކިރޯ: ޝެޑޯސް ޑައި ޓްވައިސް އަށްވުރެ މާ ގިނައިން ވިއްކިފައިވެއެވެ. މި ދެ ‏‏ގޭމްވެސް ވަނީ 10 މިލިއަނަށްވުރެ ގިނައިން ވިއްކިފަ އެވެ. އަދި އެލްޑެން ރިންގް މިހާރު ވަނީ މުޅި ޑާކް ސޯލްސް ‏‏ފްރެންޗައިޒްގެ ޖުމްލަ ވިއްކުންތައްވެސް ފަހަނައަޅާ ގޮސްފަ އެވެ. ޑާކް ސޯލްސްގެ 3 ގޭމް ޖުމްލަކޮށް 27 މިލިއަން ކޮޕީ ‏‏ވިއްކިފައިވެ އެވެ.‏
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ