2024 ގައި 124 ނޫސްވެރިން މަރުވި، %70 މަރުވީ އިސްރާއީލުގެ ހަމަލާތަކުން؛ މިދިޔަ އަހަރަކީ ތާރީޚުގައި ނޫސްވެރިންނަށް އެންމެ ނުރައްކާ އަހަރު

ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން އިއްޔެ ނެރުނު ހިސާބުތަކުން ދައްކާގޮތުގައި، 2024 ވަނަ އަހަރު ދުނިޔޭގެ 18 ގައުމެއްގައި މަދުވެގެން 124 ނޫސްވެރިންވަނީ މަރާލައިފި އެވެ. މިއީ ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި އެންމެ ގިނަ ނޫސްވެރިން މަރާލި އަހަރެވެ.
2023 އާ އަޅާބަލާއިރު މިއީ %22 އިތުރުވުމެކެވެ. މި އިތުރުވުމުގެ ބޮޑު ބައެއް ގުޅިފައިވަނީ އިސްރާއީލް-ގާޒާ ހަނގުރާމައާ އެވެ. މި ހަނގުރާމާގައި އިސްރާއީލު ސިފައިންގެ އަތުން 85 ނޫސްވެރިން މަރުވެފައިވެ އެވެ. މީގެ ތެރެއިން 82 އަކީ ފަލަސްތީނުގެ ނޫސްވެރިންނެވެ.
ސޫދާނާއި ޕާކިސްތާނުގައި ހަ ނޫސްވެރިން މަރާލާފައިވެ އެވެ. ސޫދާނުގައި ހިނގަމުންދާ އެތެރޭގެ ހަނގުރާމައިގެ ސަބަބުން އެތަކެއް ހާސް މީހުން މަރުވެ، އެތަކެއް މިލިއަން މީހުން ގެދޮރު ދޫކޮށް ފިލައިފައިވެ އެވެ. ޕާކިސްތާނުގައި 2021 އިން ފެށިގެން ނޫސްވެރިއަކު މަރާލަފާއި ނުވިނަމަވެސް، ގައުމުގެ ސިޔާސީ ހަމަނުޖެހުންތަކާ ގުޅިގެން މަރުގެ އަދަދު އިތުރުވެފައިވެ އެވެ.
ސީޕީޖޭގެ ސީއީއޯ ޖޯޑީ ގިންސްބާގް ވިދާޅުވި ގޮތުގައި، މިއަދަކީ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރުމަށް އެންމެ ނުރައްކާތެރި ދުވަސްވަރެވެ. އަދި ނޫސްވެރިންނަށް ރައްކާތެރިކަން ދިނުމުގެ ބައިނަލްއަގްވާމީ މިންގަނޑުތައް ވަރަށް ބޮޑަށް ދަށްވެފައިވާކަން މިކަމުން ދައްކަ އެވެ.
2024 ގައި މަދުވެގެން 24 ނޫސްވެރިން މަރާލާފައިވަނީ ގަސްތުގައެވެ. ގާޒާ އަދި ލެބަނަންގައި އިސްރާއީލު ސިފައިންގެ  10 ނޫސްވެރިން މަރާލާފައިވެ އެވެ. މިއީ ހަނގުރާމައިގެ ތެރޭގައި ނޫސްވެރިންނަކީ މަދަނީ ރައްޔިތުންކަމަށް ކަނޑައަޅާފައިވާ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފު ކަމެކެވެ.
މީގެ އިތުރުން 43 ނޫސްވެރިންނަކީ އަމިއްލައަށް މަސައްކަތްކުރަމުންދިޔަ މިނިވަން ނޫސްވެރިންނެވެ. މިއީ ޖުމްލަ މަރުތަކުގެ %35 އެވެ. 2024 ގައި މީގެ ތެރެއިން 31 އަކީ ގާޒާގައި މަސައްކަތްކުރި ފަލަސްތީނު ނޫސްވެރިންނެވެ. ގާޒާއަށް ބައިނަލްއަގްވާމީ މީޑިއާތަކަށް ވަނުން މަނާކޮށްފައިވާއިރު، ހަމައެކަނި އިސްރާއީލު ސިފައިންގެ ބެލުމުގެ ދަށުން މަދު ދަތުރުތަކެއް ކުރެވެ އެވެ.
ލެޓިން އެމެރިކާ، ކެރީބިއަން އަދި މެކްސިކޯގައި 5 ނޫސްވެރިން މާރާލާފައިވެ ެވެ. މިއީ ދުނިޔޭގައި ނޫސްވެރިންނަށް އެންމެ ނުރައްކާތެރި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ހައިޓީގައި ދެ ނޫސްވެރިން މަރާލާފައިވެ އެވެ.
މެދުއިރުމައްޗާއި އުތުރު އެފްރިކާގައި 2024 ގައި މަރާލި ނޫސްވެރިންގެ ނިސްބަތަކީ %78 އެވެ. މިއީ 97 ނޫސްވެރިންނެވެ. މީގެ އިތުރުން ސީރިއާގައި ހަތަރު ނޫސްވެރިން މަރާލި އެވެ.
2025 ގެ ފުރަތަމަ ހަފްތާތަކުގައި މަދުވެގެން ހަ ނޫސްވެރިން މަރާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ