އުތުރަށް މޫސުން ގޯސްވެ، ވައިޓް އެލާޓް ނެރެފި

މޫސުމާ ބެހޭ ގައުމީ އިދާރާ އިން، ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މެޓުން މި އެލާޓް ނެރުނީ، ބޯކޮށް ވާރޭ ވެހުމާއެކު، ގުގުރައި، ވިލާގަނޑުގައި، ގަޑިއަކު 40 މޭލަށް ވައި ގަދަ ވާނެ ކަމަށް ލަފާކޮށެވެ.
އެލާޓުގެ ވަގުތަކީ، މިރޭ 21:00 އިން 3:00އަށެވެ. މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ވެސް ދޭތެރެ ދޭތެރެއިން މޫސުން ގޯޯސްވެއެވެ.
މެޓުން ވަނީ މީގެ ފަސް ގަޑިއިރު ކުރިން، ހއ އަތޮޅުން ފެށިގެން ކ އަތޮޅާ ހަމައަށް ވެސް ވައިޓް އެލާޓް ނެރެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ