ހަރްޝްގެ ފިލްމު 'އޭކް ދިވާނޭ ކީ ދިވާނިއްޔަތު'ގެ ޝޫޓިންގް ނިންމާލައިފި

ފިލްމު "ސަނަމް ތޭރީ ކަސަމް"އިން އާއްމުންގެ މަގުބޫލުކަން ހޯދި އެކްޓަރު ހަރްޝްވަރުދަން ރާނޭގެ އާ ފިލްމު "އޭކް ދިވާނޭ ކީ ދިވާނިއްޔަތު"ގެ މަސައްކަތް ނިންމާލައިފިއެވެ. މިލަޕް ޒަވޭރީ ގެނެސްދޭ މި ލޯބީގެ މިއުޒިކަލް ޑްރާމާ ފިލްމުގެ ޝޫޓިންގް ނިންމާލިކަން ފިލްމުގެ ކްރޫއިން އިއުލާނުކޮށްފައި ވަނީ އެކަން ފާހަގަކުރުމަށް ބޭއްވި ކުޑަ ކުޑަ ހަފްލާއެއްގައި ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. މި ވީޑިއޯގައި ހަވާ އެރުވުމުގެ ހަރަކާތްތަކެއް ކުރިއަށްދިޔަ ވަގުތު ކޮންމެވެސް ވަރަކަށް އަލިފާނުގެ ހާދިސާއެއް ވެސް އެތަނުގައި ހިނގިއެވެ. އެހެންނަމަވެސް އެ ހާދިސާގެ ސަބަބުން އެއްވެސް ބަޔަކަށް ގެއްލުމެއް ނުވާ ކަމަށް ފަހުން ހަރްޝް ވަނީ ސޯޝަލް މީޑިއާގައި ބުނެފައެވެ. އެކްޓަރު ހަރްޝްވަރުދަން އަދި ސޯނަމް ބާޥްޖާ ފިލްމު "އޭކް ދިވާނޭ ކީ ދިވާނިއްޔަތު"ގެ މަންޒަރެއްގައި--ފޮޓޯ/ފިލްމުފެއަ މި އަހަރުގެ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު ސިނަމާތަކަށް ގެންނަ ފިލްމުގެ މަސައްކަތް ނިންމާލުމަށްފަހު ހަރްޝް ދެން ތައްޔާރު ވަނީ ޖުލައި މަހު އިތުރު ފިލްމެއްގެ މަސައްކަތް ފެށުމަށް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. ނަމަވެސް އެއީ ކޮން ފިލްމެއްކަން ހާމަކޮށްފައެއް ނުވެއެވެ. ހަރްޝްއާ އެކު ފިލްމު "އޭކް ދިވާނޭ ކީ ދިވާނިއްޔަތު"އިން ބަތަލާގެ ރޯލްއިން ފެންނާނީ ޕަންޖާބު ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ބަތަލާ ސޯނަމްޕްރީތު ބާވްޖާއެވެ. ހަރްޝްގެ ކެރިއަރުގެ އެންމެ ބޮޑު މަޝްހޫރުކަމެއް ލިބުނު ފިލްމު "ސަނަމް ތޭރީ ކަސަމް"ގެ ދެވަނަ ބައެއް އުފައްދާނެކަން އިއުލާނުކޮށްފައިވާއިރު އެ ފިލްމުގައި ޕާކިސްތާނު ބަތަލާ މާވްރާ ހޮސެއިން ހިމެނޭނަމަ ހަރްޝް ފިލްމުން ވަކިވާނެ ކަމަށް ވަނީ ސޯޝަލް މީޑިއާގައި ބުނެފައެވެ. މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ދެ ތަރިންގެ ވަރަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ވަނީ އެކަކު އަނެކަކަށް ރައްދުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ