އީރާނުގެ ނިއުކްލިއަ ވަސީލަތްތަކަށް އަސްކަރީ ހަމަލާއެއް ދިނުމަށް ފަސްނުޖެހޭނެކަމަށް އެމެރިކާ ރައީސް ޓްރަމްޕް ވިދާޅުވެއްޖެ

ނިއުކްލިއަރ ހަތިޔާރު ހޯދުމުގެ މަސައްކަތްތައް ދޫކޮށްލުމަށް އީރާނަށް އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހޯމަދުވަހު އިންޒާރުދެއްވާފައ އެވެ. އަދި އެގޮތަށް އަމަލު ނުކޮށްފިނަމަ އެގައުމުގެ ނިއުކްލިއަ ވަސީލަތްތަކަށް ހމަލާދިނުން ހިމެނޭގޮތަށް ހަރުކަށި ފިޔަވަޅުތަކާ ކުރިމަތިލާންޖެހިދާނެކަމަށް ވިދާޅުވެފަ އެވެ.
ވައިޓް ހައުސްގައި އެލް ސަލްވަޑޯގެ ރައީސްއާ ވާހަކަފުޅު ދައްކަވަމުން، ޓްރަމްޕް ވިދާޅުވީ ވޮޝިންގްޓަންއާއެކު ނުސީދާކޮށް ކުރިޔަށްދާ ނިއުކްލިއަ މަޝްވަރާތަކުގައި ތެހްރާން ވަގުތު ހޯދުމަށް މަސައްކަތްކުރާކަމަށެވެ. އީރާނުގެ ނިއުކްލިއަ އިންފްރާސްޓްރަކްޗަރަށް ހަމަލާދިނުން އެމެރިކާގެ ރައްދުގައި ހިމެނިދާނެތޯ އެއްސެވުމުން، އަސްކަރީ ފިޔަވަޅު އެޅުން އެއްކިބާކޮށްފައިނުވާކަމަށް ވިދާޅުވި އެވެ.
"ހަމަ ޔަގީނުންވެސް އެއީ ހިމެނޭ ކަމެއް،" ޓްރަމްޕް ވިދާޅުވިއެވެ. "އީރާން އެބަޖެހޭ ނިއުކްލިއަ ހަތިޔާރުގެ ވިސްނުން ދޫކޮށްލަން. އެމީހުންނަށް ނިއުކްލިއަ ހަތިޔާރެއް ބޭނުމެއް ނުކުރެވޭނެ."
"އީރާނަށް ބޭނުން އަޅުގަނޑުމެންނާއެކު މައްސަލަ ހައްލުކުރަން، އެކަމަކު އެމީހުންނަކަށް ނޭނގޭ އެކަން ކުރާނެ ގޮތެއް. ހަމަ އަސްލު އެމީހުންނަކަށް ނޭނގޭ،" ޓްރަމްޕް ވިދާޅުވިއެވެ. "އަޅުގަނޑުމެން ހޮނިހިރު ދުވަހު ބައްދަލުކުރީމު އެމީހުންނާ. އަނެއް ހޮނިހިރު ދުވަހަކު އަދިވެސް ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައިވޭ. ވަރަށް ދިގު މުއްދަތެއް... އަހަރެން ހިތަށްއަރަނީ އެމީހުން ކަންނޭނގެ އަޅުގަނޑުމެން ދުއްވާލަން މަސައްކަތްކުރަނީ."
ޓްރަމްޕްގެ ޝައްކުތަކުގެ އިތުރުން، އީރާނާއި އެމެރިކާގެ އޮފިޝަލުން ވަނީ މި މަޝްވަރާތައް ބިނާކުރުވަނިވި ކަމަށް ހާމަކޮށްފަ އެވެ. މި މަޝްވަރާތައް އިސްކޮށް ކުރިއަށް ގެންދިޔައީ މެދުއިރުމައްޗަށް ޓްރަމްޕް ކަނޑައަޅުއްވާފައިވާ ސްޓީވް ވިޓްކޮފް އަދި އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ އައްބާސް އަރާގްޗީ އެވެ.
ޓްރަމްޕް ވަނީ މި ވާހަކަތަކާމެދު ވަކި ކޮމެންޓެއް ދެއްވުމަށް ދެކޮޅުހެއްދެވުމާއެކު، އީރާނަށް ނިއުކްލިއަ ހަތިޔާރު ހޯދުމުގެ ފުރުސަތު ދީގެން ނުވާނެކަމަށް ވިދާޅުވެފަ އެވެ.
"ވަރަށް ސާފު މައްސަލައެއް - އެމީހުންނަށް ނިއުކްލިއަ ހަތިޔާރެއް ހޯދިގެން ނުވާނެ، އަދި އެމީހުން އަވަސްވާން އެބަޖެހޭ އެއީ އެމީހުން މިހާރު ކުޑަތަންވެފައި އެބަތިބި އެއެއްޗެއް ހޯދުމުގެ ބޭނުމުގައި،" ޓްރަމްޕް ވިދާޅުވި އެވެ.
މި ބަސްފުޅުތައް އައިސްފައިވަނީ އެމެރިކާއިން މެދުއިރުމަތީގައި އަސްކަރީ ބާރު އިތުރުކޮށް، ސަރަހައްދަށް ދެވަނަ އެއަރކްރާފްޓް ކެރިއާ ސްޓްރައިކް ގްރޫޕެއް ފޮނުވާފައިވާއިރު އެވެ.
އީރާން ބުނަމުންދަނީ އެގައުމުގެ ނިއުކްލިއަ ޕްރޮގްރާމަކީ މުޅިން އަމާން ނިޔަތުގައި ކުރިއަށްގެންދާ އެއްޗެއްކަމަށް ބުނެއެވެ. އެހެންނަމަވެސް ހުޅަނގުގެ ތަޖުރިބާކާރުން އިންޒާރުދެނީ އެގައުމުން މިހާރު ޔުރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތްކުރަނީ ކޮންމެ މަހަކު ބޮމަކަށް ބޭނުންވާ ވަރުގެ ތަކެތި އުފެއްދޭވަރުގެ މިންވަރަށްކަމަށެވެ.
ފެންނަމުންދާ ޑިޕްލޮމެޓިކް ހަރަކާތްތަކުގެ ނިޝާނެއްގެ ގޮތުން، ބައިނަލްއަގްވާމީ އެޓަމިކް އެނާޖީ އެޖެންސީގެ ޑިރެކްޓާ ޖެނެރަލް، ރަފައެލް ގްރޮސީ، ބުރާސްފަތި ދުވަހު ތެހްރާނަށް ޒިޔާރަތްކުރާނެކަމަށް އީރާނުގެ ފޮރިން މިނިސްޓްރީއިން ބުނެފައިވެ އެވެ.
ހަފްތާގެ ފަހަށް، އަރާޤްޗީ ވެސް ނިއުކްލިއައާއި ގުޅޭ އިތުރު މަޝްވަރާތަކެއް ބޭއްވުމަށް ރަޝިޔާގެ އޮފިޝަލުންނާއެކު މޮސްކޯއަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ