މިދިޔަ ހުކުރު ދުވަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އުސް އިމާރާތަކުން އަންހެން ކުއްޖާ ވެއްޓުމުގެ ކުރިން އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައުދު އަަހުމަދު ޒިލާލް 21، އާ ދެމެދު ދެބަސްވުމެއް ހިނގިކަން އެނގިއްޖެ އެވެ.
އަދަދު އަށް ކަށަވަރުވެފައިވާ ގޮތުގައި ފުލުހުން ސިއްރުން ފުރަތަމަ ބޭއްވި ޕްރެސްގައި ފުލުހުން ރައުދު ރޯ ކަމަށް ބުނާ އަޑު އެންހޭންސްކޮށްގެން ބެލިއިރު އެއީ އެ ދެ މީހުންގެ މެދުގައި ހިނގި ދެބަސްވުމެއްގެ އަޑެކެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވޭ އެއްވެސް މީހަކު ނެތް ކަމަށާއި ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެ އެވެ. މިއީ ރައުދުއާ ޔުމްނުއާ ދެމެދު މިފަދަ ދެބަސްވުމެއް ހިނގިކަން ޔަގީން ކުރެވުނު ފުރަތަމަ ފަހަރެވެ.
"ތަހްގީގަށް އިތުރަށް އެނގިފައިވާ ގޮތުގައި އަނިޔާ ލިބުނު ފަރާތާއި މީނާއާ ދެމެދު އެރޭ ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށާއި، އަނިޔާ ލިބުނު ފަރާތް ވެއްޓުނު ހާދިސާއަށް ފަހު، އޭގެ މާ ގިނަ އިރުތަކެއް ނުވަނީސް އަނިޔާ ލިބުނު ފަރާތް ކޮބައިތޯ ސުވާލު ކުރުމުން ވީތަނެއް ނޭނގޭ ކަމަށާއި، ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް މީނާ ބުނެފައިވާ ކަމަށް މައުލޫމާތު ލިބިފައިވޭ،" ބަންދު އަމުރުގައި ބަޔާންކޮށްފައިވެ އެވެ.
ފެންޓެނޯއީ ގޭގައި ޔުމްނު އާއި ރައުދު ހަރަކާތްތެރިވި މަންޒަރުގެ ވީޑިއޯ ދެއްކި އިރު ހުރީ ރައުދުގެ މޫނު ނުފެންނާނެ ގޮތަށް ފުސްކޮށްފަ އެވެ. ޔުމްނު އާއި ރައުދުއާއެކު އެރޭ ކުރިން އުޅުނު މީހުންގެ ވަނަވަރެއް ވެސް ފުލުހުން ހާމައެއް ނުކުރެ އެވެ.
ނަމަވެސް، މި މައްސަލައިގެ ޒުވާނުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރެ، އަޑު އުފުލަން ފެށުމާ އެކު ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ސީސީޓީވީ ފުޓޭޖުން ބައެއް ބައިތައް ދެއްކި އެވެ. ނަމަވެސް، އެއާއެކު ވެސް އުފެދުނީ އިތުރު ސުވާލުތަކެކެވެ.
ޔުމްނު ވެއްޓުމުގެ ކުރިން ރައުދުއާ ދެމެދު ދެބަސްވުމެއް ހިނގި ޔުމްނު ވެއްޓުމުގެ ކުރިން ރައުދުއާ ދެމެދު ދެބަސްވުމެއް ހިނގި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ