ކިނބިދޫ ދާއިރާގެ ގޮނޑި ނާޝިޒް ކާމިޔާބު ކުރައްވައިފި

ކޮޅުމަޑުލު ކިނބިދޫ ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެމްޑިޑޭޓް މުހައްމަދު ނާޝިޒް(ނާނު) ކާމިޔާބު ކުރައްވައިފިއެވެ.
މުހައްމަދު ނާޝިޒް ކިނބިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ 60 އިންސައްތައިގެ ބޮޑު ތަފާތަކުން، އޭނާއާއި ވާދަކުރެއްވި ހަ ކެންޑިޑޭޓުން ބަލިކުރެއްވުމަށް ފަހުގައެވެ.
މުހައްމަދު ނާޝިޒް އަކީ މީގެ ކުރިންވެސް މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ 2009 ވަނަ އަހަރު ބޭއްވި އިންތިހާބު ކާމިޔާބުކޮށް، އަލިފުށީ ދާއިރާގެ މެމްބަރުކަން ކުރައްވައިފަ އެވެ.
ނާޝިޒްގެ އިތުރުން ކިނބިދޫ ދާއިރާއަށް ވާދަކުރައްވާފައިވަނީ، އަމިއްލަ ގޮތުން ވާދަކުރެއްވި ތިން ކެންޑިޑޭޓަކާއި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރެއްވި ކެންޑިޑޭޓަކާ، ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި ކެންޑިޑޭޓެއްގެ އިތުރުން ލޭބާ ޕާޓީގެ ޓިކެޓުގައި ވާދަކުރެއްވި ކެންޑިޑޭޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ