މި 5 އަހަރު ތެރޭގައި ޓޫރިޒަމް ދާއިރާގެ މާކެޓިންއަށް ކުރެވޭ ހަރަދުތައް ބަލާނެ: ފައިސަލް

މި 5 އަހަރު ތެރޭގައި ފަތުރުވެރިކަމުގެ މާކެޓިންއަށް ކުރެވޭ ހަރަދުތައް ބަލާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ “ސަރުކާރު” ޕްރޮގްރާމްގައި ފައިސަލް ވިދާޅުވީ، ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް ޓޫރިޒަމް އެޑްވައިޒަރާއި އަދި ފިނޭސް މިނިސްޓްރީ އާއެކު މާކެޓިން ބަޖެޓު އިތުރުކުރުމަށް މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައި ވާ ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން އެކަމާއި ގުޅޭ ރިޕޯޓް ތައްޔާރުކޮށް އެމަނިކުފާނާއި ހިއްސާކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިއަހަރު ތެރޭގައި ގިނަ ފެއަރ ތަކެއަގައި ބައިވެރި ވެވިއްޖެކަމަށާއި އެންމެ ބޮޑު ފެއަރ އެއް ކަމަށްވާ “ އައިޓީބީ “ ގައި ރާއްޖެއިން ބައިވެރިވި ކަމަށް މިނިސްޓަރ ފައިސަލް ވަނީ ފާހަގަކޮށްފައެވެ. އަދި މިދިޔަ އަހަރު ދުބާއިން އެކަނިވެސް 13،000 އާއި ގާތް ކުރާ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ކަމަށާއި އަދި 2022 ވަނަ އަހަރުގައި 13،000 ފަތުރުވެރިން ބަގްލަދޭޝްއިން ޒިޔާރަތް ކޮށްފައިވާއިރު، 2023 ވަނަ އަހަރު އެ އަދަދު 28،000 އާއި ގާތްކުރާ އަދަދަކަށް އިތުރުވެފައިވާކަން މިނިސްޓަރ ވަނީ ފާހަގަ ކޮށްފައެވެ. ސަސްޓޭނަބަލް ޓޫރިޒަމް ވީކްގައި ބަގްލަދޭޝްގެ ޓޫރިޒަމް މިނިސްޓަރ އާއި ބައްދަލުކުރައްވައި ބަގްލަދޭޝްގެ ޓޫރިޒަމް މާރްކެޓް އިތުރަށް ކުރިއެރުވުމަށް މަޝްވަރާ ތަކެއް ކުރެއްވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މުޅި ރާއްޖެ މާރްކެޓް ކުރިއެރުމުގެ މަސައްކަތައް އަލިއަޅުވާލައްވައި މިނިސްޓަރ ވިދާޅުވީ، ލޯކަލް އައިލެންޑް، ވަން މާރްކެޓް ޓޫރިޒަމް، ސަފާރީ އަދި އަތޮޅު ވައިސްކޮށް ބަޖެޓް އެލޮކޭޓް ކުރެވި، އެތަނެއްގައި ހުރި ލޯކަލް ޓޫރިޒަމްގެ ތަންތަނާއި، ވަން އައިލެންޑް ރިސޯޓްތައް އެ އަތޮޅެއްގައި މާރްކެޓް ކުރުމުގެ މަސައްކަތްތައް އެމްއެމްޕީއާރުސީ ކުރިއަށް ގެންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ