ދެ ރައީސް ކޮމަންޑޫއަށް، މަރުހަބާ ދެންނެވީ ގާސިމް!

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެކުގައި ކޮމަންޑޫ ދާއިރާ އަށް ވަޑައިގެންފި އެވެ.
އެރަށުން ރައީސް ސޯލިހް އަދި ރައީސް ނަޝީދަށް މަރުހަބާ ދެންނެވި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް އަދި އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުންނާއި ކޮމަންޑޫ ރައްޔިތުންނެވެ.
ފާއިތުވެދިޔަ މަހުގެ ފަހުކޮޅު ދެރައީސުން އެކީގައި ކޮމަންޑޫއަށް ކުރައްވަން އޮތް ދަތުރުފުޅުގައި، ކޮވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން ރައީސް ސޯލިހު އެ ދަތުރުގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.
އެހެންނަމަވެސް އެ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުވަނީ ދާއިރާއަށް ވަޑައިގެން، އެމްޑީޕީގެ ކެނޑިޑޭޓަށް ކެމްޕޭން ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ