ނިޒާމީ ވޯޓުގެ މަޝްވަރާއަށް ނަޝީދު، ޔާމީން އަރިހަށް

ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު އިޚްތިޔާރު ކުރުމާ ގުޅޭ ވޯޓެއް ނެގުމާ ބެހޭ ގޮތުން ޕީޕީއެމް، ޕިއެންސީގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ މަޝްވަރާ ކުރުމަށް، މާދަމާ މާފުއްޓަށް ވަޑައިގަތުމަށް މަސައްކަތް ކުރައްވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ދަ ޑިމޮކްރެޓްސްއިން މިއަދު ބޭއްވި ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން ނިޒާމާ ބެހޭ ވޯޓު ނެގުމާ ބެހޭ ގޮތުން ޔާމީން ދެކެވަޑައިގަަންނަވާ ގޮތާ ބެހޭ ގޮތުން މަޝްވަރާ ކުރަން ބޭނުންފުޅުވާ ކަމަށެވެ. "އަޅުގަނޑު މަޖިލީހުގެ އަމީންއާންމު ގާތުގައި ދަންނަވާފައި ވަނޭ މާދަމާ އަޅުގަނޑު މާފުއްޓަށް ދެވޭތޯ، އަޅުގަނޑު މާފުއްޓަށް ދިޔުމަށް. ރައީސް ޔާމީން އަރިހުގައި ދަންނަވަން ބޭނުންވަނީ ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެންނަން 25 ވަނަ ދުވަހުގެ ކުރީގައި އެ ވޯޓު ނެގުމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތަކަށް އަދި އަޅުގަނޑުމެންނަށް އެހީތެރިވެދެވެން އޮތް ނަމަ އެ ވާނަމޭ،" ނަޝީދު ވިދާޅުވިއެވެ. ތަފްސީލް އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ