އައްޑޫގެ ވަކިން އޮންނަ ދެ ރަށް ކަމަށް ހުޅުދޫ އަދި މީދޫ އަށް ލާމަރުކަޒީ ނިޒާމުގެ ތެރެއިން އިތުރު ބާރުތަކާއި ފުރުސަތުތައް ހޯދައިދޭނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މިއަދު އެމްޑީޕީ މީދޫ ކެމްޕެއިން ޓީމާ ބައްދަލުކުރައްވާ ރައީސް ސޯލިހް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ލާމަރުކަޒީ ނިޒާމްގެ ތެރެއިން ބާރުތައް ވީ އެންމެ ބޮޑަކަށް ރަށްތަކަށް ދޫކޮށްލުން ކަމަށެވެ. ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ބޮޑެތި ބާރުތައް މިހާރު ވެސް ދޫކޮށްލާފައިވާކަން ފާހަގަކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ މީދޫ އަށް ލާމަރުކަޒީ ނިޒާމުގެ ތެރެއިން އިތުރު ބާރުތަކާއި ފުރުސަތުތައް ހޯދައިދެއްވައި، މާ އުފާވެރި ދުވަސްތަކެއް ގެނެސް ދެއްވާނެ ކަމަށެވެ.
ސިޓީ ކައުންސިލުން ވެސް ބައެއް މަރުކަޒީ ބާރުތައް ރަށްތަކަށް ދޫކޮށްކަން ޖެހޭކަން ފާހަގަކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ އިދާރީ ކަންކަމާއި ސިއްހީ އަދި ތައުލީމީ ހިދުމަތްތައް ރަށްރަށް ދޫކޮށްލަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ މީދު އާއި ހުޅުދުއަކީ ވަކިން އޮންނަ ދެ ރަށް ކަމަށް ވާއިރު އިދާރީ ހިދުމަތްތައް ދެ ރަށުން ލިބެންޖެހޭނެ ކަމަށެވެ. އިތުރަށް ރައީސް ސޯލިހް ވިދާޅުވީ މީދުއަކީ އެންމެ ރަނގަޅު ނަތީޖާއެއް އަބަދުވެސް ނެރެދޭ، ރަށް ކަމަށާ މިފަހަރުވެސް އެ ނަތީޖާ ތަކުރާރުކޮށް ދިނުމަށް އެދޭ ކަމަށެވެ.
ވަގުތު ހަމަވުމުން ކެމްޕެއިން ހަރަކާތްތައް ހިންގާނަމަ ފިޔަވަޅުއަޅާނަން: އީސީ އިލެކްޝަންސް ކޮމިޝަނުން އޮތީ ވޯޓުލާ ދުވަހަށް ފުރިހަމައަށް ތައްޔާރަށް- ފުއާދު ރައްޔިތުން އަތުން ވޯޓު ގަންނާތީ ރައްޔިތުންނަށް ކަމެއްކޮށްދެން ނުޖެހޭކަމަށް ވެރިން ބުނޭ- ރައީސް ވަޙީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ