ރަށުން ބޭރުގައި އަލްއަޚްދޫދު އަތުން މޮޅުވެ، އަލް އިއްތިހާދު އަލުން އެއްވަނައަށް

ސައުދީ ޕްރޮފެޝަނަލް ލީގުގައި މިރޭ ރަށުން ބޭރުގައި އަލް އަލް އަޚްދޫދު އަތުން ހަނިގޮތަކަށް މޮޅުވެ، ޗެންޕިއަން އަލް އިއްތިހާދު ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
އިންޓަނޭޝަނަލް ބްރޭކަށް ފަހު ސައުދީ ލީގުގެ ކުޅުން މިރޭ އަލުން ފެށިއިރު، މިމެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ މެޗު ޑޮމިނޭޓުކުރީ އަލް އިއްތިހާދުން ނެވެ. އެގޮތުން މިހާފުގައި އެޓީމުން ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި އަލް އިއްތިހާދުން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރި އިރު، މިމެޗުގައި ފެށިގެންދިޔަ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 72 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ކަރީމް ބެންޒީމާ އެވެ.
މިއީ އެޓީމުގެ ސައުދީ ފޯވާޑް ހާރޫން ކަމާރާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިއީ މިސީޒަނުގައި ސްޕެއިންގެ ރެއާލް މެޑްރިޑް ދޫކޮށް އެޓީމައި ގުޅުނު ފަހުން ކުޅުނު 10 މެޗުގައި އޭނާ ކާމިޔާބުކުރި 6 ވަނަ ލަނޑެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އަލް އިއްތިހާދު ކުރީގައި އޮވެގެންނެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 6 މެޗުން ލިބުނު 15 ޕޮއިންޓާއެކު ލީގު ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތީ އަލް އިއްތިހާދު އެވެ. އަދި މިމެޗުން ބަލިވި އަލް އަޚްދޫދު ލީގުގައި ކުޅުނު 6 މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު މިވަގުތު އޮތީ ލީގު ތާވަލްގެ 13 ވަނައިގައެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ