ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސް، ކަނޑު ވަރަށް ގަދަވާނެ

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކޮށްފާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ކުރިއަށް އޮތް ތިން ދުވަހު މޫސުން ވަރަށް ގޯސް ވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.
އެ އިދާރާއިން މިއަދު ބުނީ ކުރިއަށް އޮތް ތިން ދުވަހު ރާއްޖެ ސަރަހައްދަށް ގަދަވަޔާއެކު ވިއްސާރަ ކޮށް، އާންމު ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަ ވާނެ ކަމަށް ލަފާ ކުރެވޭ ކަމެވެ.އެގޮތުން، އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނުގައި ވައިދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.އަދި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކޮށްފާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ."ވީމާ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރަން. އަދި ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހި، ކަނޑުތައް ގަދަވުމުގެ ސަބަބުން ކުރިމަތިވެދާނެ އެންމެހާ ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުއްވުމަށް ދަންނަވަން،" މެޓް އޮފީހުން ބުންޏެވެ.އެ އިދާރާއިން މިއަދު ވަނީ ހއ. އިން ފެށިގެން ލ. އަތޮޅަށް ހުދު ސަމާލު ވެސް ނެރެފަ އެވެ. އިއްޔެ ވަނީ މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފަ އެވެ.މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއް ކަމުން ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާން ކަމާ ގުޅުން ހުރި އިދާރާތަކުން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ